މަންދީ:
ހަބަރު
13 Mar 2025 | 21:16
ރައީސްގެ ދަރިކަލުންނާ ގުޅޭގޮތުން މަންދީ ޒުބައިރު ދޮގު ވާހަކަތަކެއް ދައްކައިފި

ރާއްޖޭގައި ވޭޕު މަނާކުރި ސަބަބު އޮޅުވާލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ ދޮގު ވާހަކަތަކެއް, އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ރޭ އޮތް އެމްޑީޕީގެ މަގުމަތީ އިހްތިޖާޖުގައި ވާހަކަ ދައްކައިފި އެވެ.

މަންދީ އަކީ މަޖިލީސް މެންބަރު މީކާއީލް ނަސީމްގެ މަންމަ އެވެ. 

ރޭ އޮތް އެމްޑީޕީގެ މަގުމަތީ އިހުތިޖާޖުގައި ވާހަކަ ދައްކަމުން އޭނާ ވަނީ ދިވެހި ޒުވާނުންގެ ހައްގުގައި ކަމަށް ބުނެ ރައީސްގެ ދަރިކަލުންނާއި ގުޅޭގޮތުން ދޮގު ވާހަކަތަކެއް ދައްކާފަ އެވެ. އޭނާ ބުނީ ދިވެހި ޒުވާނުންނަށް "ބިޑި އޮޅަން ޖެއްސީ" ރައީސްގެ ދަރިކަލުން ވޭޕު ކުރަން ފެށުމުން އެކަން ހުއްޓުވަން ކަމަށެވެ. އަދި "އަމިއްލަ ދަރިފުޅު ފުރަތަމަ ބަލަންވީނޫހޭ" ކިޔާ އަޑުގަދަކޮށްފައިވެ އެވެ.

"ދިވެހި ޒުވާނުން މި ތިބެނީ ކަންކަންމަތީގައި ބިޑި އޮޅަން. ލަދުން ބޯހަލާކެއް ނުވޭތޯ. އެ މީހުންނަށް މިހާރު ނޭންގޭ މި ބޮވެނީ ކޯއްޗެއް ކަމެއް ވެސް," އޭނާ ބުނެފައިވެ އެވެ.

އޭނާ މި ވާހަކަތައް ދެއްކީ އެ ވަގުތު އިސްލާމިކް ޔުނިވާސިޓީގައި ރީތި ރާގުތަކަށް ޤުރުއާން ކިޔެވުމާ ޤުރުއާނުގެ ޢިލްމު ފެތުރުމުގެ ޕްރަގްރާމް އިފްތިތާހު ކުރުމަށް ރައީސްގެ އަނބިކަނބަލުން ވަޑައިގެންނެވި ވަގުތާ ދިމާކޮށެވެ. ރޭގެ އެ ޕްރަގްރާމަށް ހުރަސް އެޅޭ މިންވަރަށް އެމްޑީޕީގެ ސަޕޯޓަރުން އަޑުގަދަކުރި އެވެ.

ސިޔާސީ ވެގެން ގޮސް ކުޑަކުދީންނާއި ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރާ ހިސާބަށް ކަންކަން ގެންދިއުމުން ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި މަންދީއަށް ފާޑުކިޔަމުންނެވެ. ސިޔާސީ ވިޔަސް މީހުންގެ އަނބިދަރީންނާއި ނުބެހި ވާހަކަ ދެއްކޭނެ ކަމަށާ އެފަދަ މީހުންނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.

ކޮމެންޓް
ރީޝް
މަންދީ އެއް ކަންދީ އެއް ނުކިޔާ ފުރަތަމަ ތިމާ އިސްލާޙް ވެބަލަ.
13 Mar 2025
ބަޗީ
ބުހުތާނު ދޮގުހަދާ މީހުންނަށް ޢިބްރަތްތެރި ފިލާވަޅެއް ދޭންޖެހޭނެ.
13 Mar 2025
ނަށާ
ޢެމީހުންގެ ގޮތް ހުސްވީމަ އަނބިދަރިންނާއި ބެހިގެންވެސް މެންޓަލީ ބަލިކަށި ކުރރވޭތޯ އެއުޅެނީ
13 Mar 2025
ސަޖޯ
އެއީ އެވާހަކަ އެންމެންވެސް ކިޔާގޮތް
13 Mar 2025
ކައްޒާބު
މަންދީ އެ ދެއްކީ ތެދު ވާހަކަ އެއް މުއިއްޒު ދަރި ވޭޕް ބޭނުން ކުރާތީވެ އެކަން މަނާ ކުރީ
14 Mar 2025
އައިންތު
ދެން މާދަމާ އޭނަ ދަރި މަޖިލީހުގަ ކުޑަކުދިންގެ ހައްގޭ ކިޔާފަ ގޮވާނެ، ލާދީނީ އޭ ކިޔަނީ ކިޔަން ޖެހޭތީ
14 Mar 2025
ހަސީނާ
ތެދެއްވިއްޔާވާނީ ތެދަކަށް ދޮގެއްވިއްޔާވާނީ ދޮގަކަށް!
14 Mar 2025
ށިނާ
ބަރާބަރުވާހަކައެއް
14 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.