އެމްޑީޕީން ކުރަމުންދާ މުޒާހަރާގެ ތެރެއިން... ފޮޓޯ: އެމްޑީޕީ
ހަބަރު
13 Mar 2025 | 21:39
އާންމުންނަށާއި ޓްރެފިކަށް ދަތިނުވާނޭގޮތަކަށް މުޒާހަރާ އިންތިޒާމްކުރަންޖެހޭ: އެޗްއާރުސީއެމް

މުޒާހަރާ ކުރުމުގައި އާންމުންނަށާއި ޓްރެފިކަށް ދަތިނުވާނޭގޮތަކަށް މުޒާހަރާގެ ހަރަކާތްތައް އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

އިދިކޮޅު އެމްޑީޕީން ސަރުކާރުގެ ސިޔާސަތްތަކާ ދެކޮޅަށް މިހާރު ކުރަމުންދާ މުޒާހަރާއާ ގުޅިގެން އެޗްއާރުސީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، މާރޗްމަހުގެ 7 ވަނަ ދުވަހުން ފެށިގެން އެމްޑީޕީން މާލޭގައި ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތައް އެ ކޮމިޝަނުގެ ފަރާތުން މޮނިޓަރކުރަމުން ގެންދާކަމަށެވެ.

މުޒާހަރާތައް ރާވާ ކުރިއަށްގެންދިއުމުގައި އާންމުންނަށާއި ޓްރެފިކަށް ދަތިނުވާނޭހެން މުޒާހަރާގެ ހަރަކާތްތައް އިންތިޒާމްކުރަން ޖެހޭކަން ފާހަގަކުރަމުން އެޗްއާރުސީއެމުން ބުނީ، އެއްވުމުގައި ބައިވެރިވި ފަރާތްތަކުން އަޑުގަދަކުރާ ބޭނުންކޮށް، މާލޭގެ މަގުތަކާއި ގްރީންޒޯން ހިމެނޭ ސަރަހައްދުތަކަށް ވަންނަން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ވަނުމަށް އުޅުނު ފަރާތްތައް ހުއްޓުވުމަށް ބައިވެރިންނާ ފުލުހުން ކުރިމަތިލާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެޗްއާރުސީއެމުން ބުނީ މުޒާހަރާކުރުމުގައި ސުލްހަވެރިކަން އިސްކޮށް އަދި މަގުތައް ބޭނުންކުރާ ފަރާތްތަކަށް ދަތިނުވާނޭގޮތަށް އަމަލުކުރުމަށް މުޒާހަރާގެ ބައިވެރިންނަށް އިލްތިމާސްކުރާ ކަމަށެވެ. މީގެ އިތުރުން މުޒާހަރާގައި ހަރަކާތްތެރިވާ މީޑިއާގެ ފަރާތްތަކުންވެސް މުޒާހަރާތައް ކަވަރު ކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ހިފެހެއްޓުމަށް އިލްތިމާސްކުރާކަން ފާހަގަކުރަމުން އެޗްއާރުސީއެމުން ބުނީ، ސުލްހަވެރިކޮށް ބޭއްވޭ އެއްވުންތައް ބެއްވުމަށް ފުރުސަތުދީޫ އެއްވުންތައް ރޫޅާލަންޖެހޭ ހާލަތްތަކުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ޤާނޫނީ އިމުގެ ތެރެއިން އެއްވުންތައް ރޫޅާލުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެޗްއާރުސީއެމުން ބުނީ، ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެއެުޅުމުގެ މިނިވަންކަމުގެ ހައްޤާއި ހިޔާލުފާޅުކުރުމުގެ  މިނިވަންކަމުގެ ހައްޤު ރައްޔިތުންނަށް ލިބިދީފައިވާއިރު، ގައްޤު ބޭނުންކުރުމުގައި އެއްބަޔަކު އަނެއްބައެއްގެ ހައްޤަށް އަރައިނުގަނެ އެކަކު އަނެކާގެ ކަރާމާތާއި، އަބުރަށް އަރައި ނުގަނެ، ހައްޤުތައް ބޭނުންކުރުމާއި އެކަކު އަނެކާގެ ހައްޤުތަކަށް އިހުތިރާމްކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށްޓަކައި މުހިންމުކަމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.