ރައީސް ޑރ.މުއިއްޒުގެ އާއިލާގެ ފަރާތުން މައްސަލާގައި ވަކާލާތުކުރައްވާ އިސް ލޯޔަރު އާޒިމާ... ފޮޓޯ: ވޮއިސް
ހަބަރު
15 Mar 2025 | 14:10
ދަރިކަލުންނާ ގުޅުވައިގެން މަންދީ އަދި ފައްޔާޒު ދެއްކި ވާހަކަތަކަށް މަދަނީ ދައުވާކުރަނީ!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދަރިކަލުންނާ ގުޅުވައިގެން އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)، ފައްޔާޒް އިސްމާއީލް ދެއްކެވި، ވާހަކަތަކަށް މަދަނީ ދައުވާކުރުމަށް ނިންމައިފިއެވެ.

އެމްޑީޕީން ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ ބުދަދުވަހުގެ ރޭ ކުރި މުޒާހަރާގައި އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ) ވަނީ، ރާއްޖޭގައި ވޭޕު މަނާކުރި ސަބަބު އޮޅުވާލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަލުންނާއި ގުޅުވާ ދޮގު ވާހަކަތަކެއް ދައްކާފައެވެ. 

މިކަމާ ގުޅޭގޮތުން ރައީސްގެ ދެކަނބަލުންގެ އާއިލާގެ ފަރާތުން މައްސަލާގައި ވަކާލާތުކުރައްވާ އިސް ލޯޔަރު އަދި ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު މިއަދު ވަނީ ދަރިކަލުންގެ މަންމަގެ ހައިސިއްޔަތުން މެޑަމް ސާޖިދާގެ ބަޔާނެއް އިއްވާފައެވެ. މި ބަޔާނުގައި ސާޖިދާ ވިދާޅުވީ، މި މައްސަލަ ޝަރުޢީ ގޮތެއްގައި ބެލުމަށް ނިންމީ އެކުދިންގެ ނަމާއި ކަރާމަތްނަގާލައި، ކުޑަކުއްޖަކަށް ވީތީ ލިބިފައިވާ ރައްކާތެރިކަން ނަގާލުމުން، އެކުދިންގެ މަންމަގެ ހައިސިއްޔަތުން ފިޔަވަޅުތަކެއް އެޅުމުގެ ގޮތުންކަމަށެވެ.

ކުދިންގެ ރައްކާތެރިކަމާއި މުސްތަޤްބަލު ކަށަވަރުކުރުމަކީ އެކުދިންގެ ބައްޕައާއި މަންމަގެ ޒިއްމާއެއްކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޢާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މަޢުޞޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ޢަމަލުތަކެއް ހިނގަމުންދާކަމަށެވެ. އެގޮތުން ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުންދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަޤްބަލުގައި މި ފަދަ މަޤާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމަށް ޤަބޫލުކުރާކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ސާޖިދާ ވިދާޅުވީ، މި މައްސަލާގައި ޤާނޫނީގޮތުން ކުރިއަށްދާން ނިންމީ ވާހަކަތައް ރައްދުވާ ކުދިންގެ މަންމަގެ ޙައިޞިއްޔަތުން ފަރުދީގޮތުންކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއި، ބޭނުމަކީ އަޅުގަނޑުމެން އެންމެންގެ ކުދިންނަށް ރައްކާތެރިކަމާއެކު ދިރިއުޅެވޭނޭ މާޙައުލެއް ޤާއިމުވުންކަމަށެވެ.

މައްސަލައާ ގުޅޭގޮތުން ވަކީލާ އާޒިމާ ވިދާޅުވީ ދަރިކަލުންނާ ގުޅޭގޮތުން އަސްލެއްނެތް ވާހަކަތަކެއް ދައްކާފައިވާތީވެ، އެމްޑީޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރު (މަންދީ)، ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީއާ ދެކޮޅަށް މަދަނީގޮތުން ދައުވާ ކުރުމަށް ނިންމާފައިވައިރު، މި މައްސަލަ އިތުރަށް ދިރާސާކޮށް މިކަމުގައި އިތުރު ފަރާތްތަކާމެދު ދައުވާކުރަން ޖެހޭނަމަ އެކަން ކުރިއަށްދާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.