ހދ.ނޮޅިވަރަންފަރު... ފޮޓޯ: ނޮޅިވަރަންފަރު ފޭސްބުކް ޕޭޖް
ހަބަރު
15 Mar 2025 | 14:57
ހދ.ނޮޅިވަރަންފަރުގައި ޓޫރިޒަމްގެ ބޭނުމަށް ގެސްހައުސް، ހޮޓާ ތަރައްޤީކުރުމަށް ބިން ދޫކުރަނީ!

ހދ. އަތޮޅު ނޮޅިވަރަންފަރުގައި ޓޫރިޒަމްގެ ބޭނުމަށް ގެސްޓްހައުސް އަދި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް ބިން ދޫކުރުމަށް ހުޅުވާލައިފިއެވެ.

ނޮޅިވަރަންފަރު ކައުންސިލުން ވަނީ އެރަށު އަތިރިމަތީ ސަރަހައްދުން 9 ބިމެއް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދޫކުރުމަށް ނިންމައި އެ ބިންތައް ބޭނުންވާ ފަރާތްތަކަސް އާއްމުކޮށް އެ ފުރުސަތު ހުޅުވާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 2،170 ސްކެއާ މީޓަރުން ފެށިގެން 14,386.33 އާ ދެމެދުގެ ބިންތަކެވެ.

މީގެ ތެރެއިން ޕްލޮޓް އޭގައި ހިމެނޭ 14,386.33 ސްކެއާ މީޓަރުގެ ބިމުގައި މަދުވެގެން 70 އެނދުގެ ހޮޓަލެއް ހަދަންޖެހެއެވެ. ހޮޓަލުގެ އެއްބަސްވުމުގައި ސޮއިކުރާތާ 36 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހެއެވެ. އެތަނުގެ ބިމުކުއްޔާއި ސީއެސްއާރު ހަރަދުގެ ގޮތުގައި 203،318 ޑޮލަރު ނުވަތަ 3.1 މިލިއަން ރުފިޔާ ހޭދަކުރަންޖެހެއެވެ. ކައުންސިލުން ކުރި އިއުލާނުގައިވާގޮތުން ބިންތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޭޕްރިލްމަހުގެ 8 ވަނަ ދުވަހުގެ 10:00 ޖެހުމުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅައި ކައުންސިލަށް އަންގަންޖެހެއެވެ. 

ނޮޅިވަރަންފަރުން ޓޫރިޒަމަށް ދޫކުރުމަށް ނިންމާފައިވާ ސަރަހައްދު..

ނޮޅިވަރަންފަރު ކައުންސިލުން އެރަށުގައި ޓޫރިޒަމްގެ ބޭނުމަށް ބިން ކުއްޔަށް ދިނުމަށް ހުޅުވާލާފައިވާއިރު، އެރަށަކީ މިހާރުވެސް ފަތުރުވެރިންގެ އިތުރުން ދިވެހިންގެ މެދުގައިވެސް ޗުއްޓީހޭދަކޮށްލުމަށް ވަރަށް މަޤްބޫލް ރަށެކެވެ.

މިކަމާ ގުޅޭގޮތުން ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބްދުﷲ ނަދީމް ވިދާޅުވީ، އެރަށުގައި ގެސްޓްހައުސް ފަދަ ތަންތަން ތަރައްޤީކުރުމަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.. އޭނާ ވިދާޅުވީ ހދ.ހަނިމާދޫ އިންޓަރނޭޝަނަލް ކުރުމުގެ ބޮޑު މަޝްރޫޢު ނިމެމުންދާއިރު، ނޮޅިވަރަންފަރަކީ ޓޫރިޒަމް ފުޅާކުރުމަށް އެންމެ ފައްކާ މަންޒިލްކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.