މިފްކޯ: ފޮޓޯ/ ޕީއެސްއެމް
ހަބަރު
16 Mar 2025 | 13:47
އައިޑީބީން 65 މިލިއަން ޑޮލަރުގެ ފައިނޭންސިން ފެސިލިޓީއަކަށް މިފްކޯ އިން އެދިއްޖެ

މަސްވެރިކަމާ ގުޅޭ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް 64.65 މިލިއަން ޑޮލަރުގެ ފައިނޭންސިން ހޯދަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކް (އައިޑީބީ)އަށް ހުށަހަޅާފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މިއަދު ބުނެފިއެވެ.

މިފްކޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުގެ އެހީއާ އެކު 64.65 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 997 މިލިއަން ރުފިޔާ) ފައިނޭންސިން ހޯދަން އިސްލާމިކް ޑިވޮލޮޕްމަންޓް ބޭންކަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ލޯނަށް ހުށަހަޅުމުގެ ކުރިން ކުރިއަށްގެންގޮސްފައިވާ މަޝްވަރާތަކުގައި ލޯނު ހަމަޖެހޭނެކަމުގެ ޔަޤީންކަން އެބޭންކުން ދީފައިވާކަމަށް މިފްކޯއިން ބުނެފައުވެއެވެ.

މިގޮތުން ހޯދާ ފައިސާއިން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަޝްރޫއު ތަކަކީ:

1) ހއ. އިހަވަންދޫގައި 1،000 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ގާއިމުކުރާން

2) އައްޑޫ ސިޓީގައި 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި 50 މެޓްރިކް ޓަނުގެ ބްރައިން ފްރީޒިން ގާއިމުކުރުން

3) ކަނޑުއޮތްގިރީގައި ހުރި ފެސިލިޓީއަށް 35 މެޓްރިކް ޓަނުގެ ފިޝް ޕްރޮސެސިން ޔުނިޓެއް ގާއިމުކުރުން

4) ފެލިވަރުގައި 250 ޔުނިޓުގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރުން

5) ކޫއްޑޫގައި 100 ޔުނިޓުގެ އެކޮމަޑޭޝަން ބްލޮކެއް ގާއިމުކުރުން

6) މުވައްޒަފުން ތަމުރީނުކުރާނެ10 އަހަރުގެ ބިޒްނަސް ޕްލޭނެއް ހަދާނެ

އެ ކުންފުނިން ބުނީ، މަޝްރޫއު ކުރިއަށް ގެންދާނީ އައިޑީބީގެ އެހީގައި މަޝްރޫއުތައް ކުރިއަށް ގެންދަން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން ވާދަވެރި ބިޑިންގެ ތެރެއިން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.