ބާޒާރުގައި ވިއްކަން ބަހައްޓާފައި ހުރި މާނިޔާމަސްތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
16 Mar 2025 | 15:30
މާރުކޭޓުގައި އެންމެ ގިނައިން ވިކޭ މަހަކަށް، މާނިޔާމަސް!

ދިވެހިން އާއްމުކޮށް ކެއުމުގައި ބޭނުންކޮށް އުޅޭ މަހުގެ ބާވަތްތަކުގެ ތެރެއިން މާނިޔާމަހަކީ ދިވެހިންނަށް ވަރަށް ހާއްސަ މަހެކެވެ. ދިވެހިންނަށް މާނިޔާމަސް ހާއްސަވާ ވަރަށްގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މަސްވެރިކަމުގައި އެންމެ ފަސޭހައިން ބޭނޭމަހެއްގެ ގޮތުގައި އެންމެގިނަ ބަޔަކު ފާހަގަކުރާ މަހަކީ މާނިޔާ މަހެވެ. 

މި ރޯދަމަހު މާލޭ މަސްމާރުކޭޓުގައި ކޮންމެ ދުވަހަކުވެސް އެންމެ ގިނައިން ވިއްކަންހުރި އެއްބާވަތަކަށް ހަމަޔަގީނުންވެސް މާނިޔާމަސް ވާނެއެވެ. ރޯދަމަހު ކޮންމެ ދުވަހަކުވެސް ދޯނިތަކުން މާރުކޭޓަށް މާނިޔާމަސް ގެނެއެވެ. އެ ހުރިހާމަހެއް ކޮންމެ ދުވަހަކުވެސް ވިކި ހުސްވާކަން މަސްވިއްކާ ފަރާތްތަކުން ފާހަގަކުރެއެވެ.

"މިއަދުވެސް 50 މަސް ގެނެސްގެން ވިއްކައިފިން. އެންމެ ފަހު އެތިކޮޅު މިހިރީ. މަހުގެ އަގުވެސް ރަނގަޅު. މަހުގެ އަގުތައް މިހިރީ 60 ރުފިޔާ އާއި 80 ރުފިޔާ އާ ދެމެދުގެ އަގެއްގައި" މާރުކޭޓުގައި މަސްވިއްކަން އިން މީހަކު ބުންޏެވެ.

މާނިޔާ މަހަކީ މާރުކޭޓުގައި ރަނގަޅު އަގެއްގައި ވިކޭ އެއްޗެކެވެ. ރޯދަމަހު މާނިޔާ މަހުގެ ވިޔަފާރި އަދިވަކިން ރަނގަޅުކަމަށް ފަރުމަސް ވިއްކާ ފަރާތްތަކުން ބުނެއެވެ. މި ރޯދަމަހުގެ މިހާހިސާބަށް އާއިރު އެންމެގިނައިން ވިއްކުނު އެއް ބާވަތަކީ މާނިޔާމަސް ކަން އެފަރާތްތަކުން ފާހަގަކުރެއެވެ.

މަސްމާރުކޭޓުގައި ވިއްކަން ބަހައްޓާފައިހުރި މާނިޔާމަސްތަކެއް... ފޮޓޯ: ވޮއިސް

ދިވެހިން ކައިއުޅޭ މަހުގެ ބާވަތްތަކަށް ބަލާއިރު، މާނިޔާމަސް ފާހަގަކޮށްލެވެއެވެ. ސަބަބަކީ މާނިޔާމަހަކީ ފަރުމަހުގެ އަދި ކަނޑުމަހުގެ ގޮތުގައިވެސް ދިވެހިން ބަލައިގަންނަ މަހަކަށްވާތީއެވެ. ފަރުމަހުގައި ވަސް ހުންނާތީވެ، ފަރުމަސް ކެއުމަށް ބޭނުންނުވާ މީހުން އާއްމުކޮށް ކައިއުޅޭ މަހުގެ ތެރޭގައި މާނިޔާމަސް ހިމެނެއެވެ. 

މާނިޔާމަސް... ފޮޓޯ: ވޮއިސް

މާނިޔާމަހަކީ ގަރުދިޔަ ކެއްކައިގެން ކެއުމަށް ވަރަށް މީރު މަހެކެވެ. މީގެ އިތުރުން ފިހުމަށްވެސް ވަރަށްގިނަ މީހުން މާނިޔާމަސް ބޭނުންކުރެއެވެ. ހާއްސަ ގޮތެއްގައި ރޯދަމަހު އެންމެ ގިނަ މީހުން ފިހުމަށް ބޭނުންކުރާ އެއް ބާވަތަކީ މާނިޔާ މަހެވެ. ސަބަބަކީ ބާޒާރުން އެންމެ ފަސޭހައިން ގަންނަން ލިބުމުގެ އިތުރުން ކެއުމުގައި ބޭނުންކުރަންވެސް ފަސޭހަވުމެވެ. އެހެން މަސްމަހާ ހިލާފަށް މާނިޔާމަހަކީ މަސްގަނޑު ބޯ، އަދި ކަށިނެގުމުގައި ވަރަށް ފަސޭހަ މަހެކެވެ. ދިވެހިން ލޮނުމަސް އެޅުމުގައިވެސް އެންމެގިނައިން ބޭނުންކޮށް އުޅުނު އެއް ބާވަތަކީ މާނިޔާ މަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.