ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު - ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Mar 2025 | 10:32
މަންދީ ޒުބައިރުގަޔަށް ކަޅުތެޔޮ ޖެހުން މެޑަމް ސާޖިދާ ކުށްވެރި ކުރައްވައިފި

އެމްޑީޕީން ކޮންމެ ރެއަކު ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް އުޅޭ އެޕާޓީގެ އެކްޓިވިސްޓް، މަންދީ ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ރައީސުލްޖުމްހޫރިއްްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ކުށްވެރި ކުރައްވައިފިއެވެ. 

އެމްޑީޕީގެ ރޭގެ މުޒާހަރާ ނިންމާލުމަށް ފަހު ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށް، މާސްކް އަޅައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގެ އައިސް މަންދީ ގަޔަށް ވަނީ ޖަޅު ތެޔޮ ޖަހާފައެވެ. 

އެކަމާ ގުޅިގެން، މެޑަމް ސާޖިދާ އެކސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޭގައި އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން އެންމެ ހަރުކަށު ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

”އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއްނޫނެވެ.“ މެޑަމް ސާޖިދާ ވިދާޅުވުއެވެ. 

މިއާއެކު މެޑަމް ސާޖިދާ ވަނީ މި ފަދަ ނާޒުކު ވަގުތެއްގައި ކަންކަން ހަލަބޮލި ނުކޮށް، އިންޞާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. 

މަންދީ ގަޔަށް ކަޅުތެޔޮ ޖެހުން މެޑަމް ސާޖިދާ ކުށްވެރިކުރައްވާފައިވާއިރު، އޭނާ ގަޔަށް ކަޅުތެޔޮ ޖަހާފައި މިވަނީ، ސާޖިދާގެ ފިރިހެން ދަރިކަލުންނާއި ގުޅުވައި، ހަގީގަތާއި ޚިލާފް ދޮގު ވާހަކަތަކެއް އޭނާ ދައްކައި އެކަމާއި ގުޅިގެން އޭނާގެ މައްޗަށް މަދަނީ ދައުވާ ކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. 

ކުޑަކުައްޖަކާއި ގުޅުވައި، އެމްޑީޕީ މުޒާހަރާ ތެރެއިން މަންދީ ދެއްކި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނައަށް ފާޑުކިޔަމުންނެވެ. އަދި އެކަން ކުށްވެރިކޮށް މުވައްސަސާ ތަކުން ވަނީ ބަޔާންވެސް ނެރެފައެވެ. 

ކޮމެންޓް
ޢަލީ
އެވާނީ އެމީހުން އަމިއްލައަށް ރާވައިގެން އެހެންބައެއްގެ ބޮލުގައި އަޅުވަން ކުރިކަމަކަށް. ތީ އެންޑީޕީއެއްނު. ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ.
17 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.