އެމްއެމްއޭގެ ޑެޕިޔުޓީ ގަވަރުނަރު އިމާދު- ފޮޓޯ/ އެމްއެމްއޭ
ހަބަރު
17 Mar 2025 | 13:45
ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އިމާދު އިސްތިއުފާދެއްވައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އަަޙްމަދު އިމާދު އިސްތިއުފާދެއްވައިފިއެވެ.

އިމާދު އިސްތިއުފާ ދެއްވާފައި ވަނީ، އޭނާ މަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ ދިނުމާ ގުޅޭ މައްސަލަ، ކޮމިޓީއަށް ފޮނުވަން މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވައި އަަޙްމަދު އިމާދު ފޮނުއްވި ސިޓީގައި އޭނާ ވަނީ އެމަޤާމުގައި ހުންނަވައިގެން ކުރައްވާފައިވަނީ ޝަރަފުވެރި މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ބޭރު ފައިސާ އާއި ގުޅޭ ޤާނޫނާއި ގަވާއިދުގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ފިސްކަލް ޒިންމާދާރުކަމަށް އިސްކަންދީ އެމްއެމްއޭގެ މިނިވަންކަން ހިމާޔަތްކުރުމަށާ، މެކްރޯ އިކޮނޮމިކް ހަރުދަނާކަން ޔަގީންކުރުމަށް ބޭނުންވާ ފިޔަވަޅުތައް އަޅަން ސަރުކާރުގެ ކިބައިން އެދިފައެވެ.

އަދި ފައިސާ ޗާޕު ކުރުމާ ދެކޮޅަށް ގިނަ ކަންކަން ފާހަގަކުރައްވައި، ފައިސާ ޗާޕުކޮށްފިނަމަ އެކްސްޗޭންޖް ރޭޓު ހިފަހައްޓަން ކުރާ މަސައްކަތަށް ގޮންޖެހުން ކުރިމަތިވާނެކަމަށާ، ރުފިޔާގެ ލިކިއުޑިޓީ މެނޭޖްކުރުމަށް މިހާރު ވެސް ކުރަންޖެހިފައިވާ ޚަރަދު އިތުރުވެ އެމްއެމްއޭގެ ބެލެންސް ޝީޓު ހީނަރުވާނެކަަމަށް ވިދާޅުވިއެވެ. 

ޑެޕިއުޓީ ގަވަރުނަރުކަމަށް އިމާދު އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރެވެ. އޭނާ އެމްއެމްއޭގައި ޚިދުމަތް ފެއްޓެވީ 2000 ވަނަ އަހަރުން ފެށިގެންނެވެ.

އިމާދު ވަކިކުރަން މަޖިލީހުގެ ޕީއެންސީ އަށް ނިސްވަތްވެވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް ހުށައެޅުއްވި މައްސަލާގައި ވަނީ، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޢަލީ ހާޝިމް، ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރައްވާ ހުންނެވިއިރު، އެކަންކަން ފާހަގަކުރުމަށްޓަކައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ޑެޕިއުޓީ ގަވަރުނަރު އިމާދުވެސް އެއްވެސް މަސައްކަތް ކޮށްފައިވާކަން އެނގެން ނެތްކަމަށެވެ.

އެހެންކަމުން ގާނޫނުން އޭނާއަށް ލާޒިމްކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ފަސްޖެހިފައިވާތީ އޭނާ މަގާމުން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަން ނިންމެވީކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް