ބްރޯޑްކޮމްގެ މެންބަރުންނާއި މެޑަމް ސާޖިދާ: ފޮޓޯ/ ބްރޯޑް ކޮމް
ހަބަރު
17 Mar 2025 | 14:53
ކުޑަކުދިންގެ ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓު ފޮނުވަން ބްރޯޑްކޮމުން އިލްތިމާސްކޮށްފި

ކުޑަކުދިންގެ އަބުރާއި ކަރާމާތް ނުގެއްލޭ ގޮތަށް ކޮންޓެންޓު ފޮނުވަން ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކޮށްފައިވާ ހުރިހާ ބްރޯޑްކާސްޓަރުން ފޮނުވާ ކޮންޓެންޓަކީ ރާއްޖޭގެ ޤާނޫނުތަކާއި އާއްމު އިޖުތިމާޢީ މިންގަނޑަށާއި ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑަށް ފެތޭގޮތަށް ހުންނަ ކޮންޓެންޓް ކަމުގައި ހެދުމަށް އިލްތިމާސްކޮށްފައެވެ. 

ވަކިން ހާއްސަކޮށް 'ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގައިޑްލައިން'ގެ ހަމަތަކާ އެއްގޮތަށް ކުޑަކުދިންގެ ކަރާމާތާއި އަބުރުވެރިކަން ނުގެއްލޭ ގޮތަށް ކޮންޓެންޓު ފޮނުވުމަށް ބްރޯޑްކާސްޓަރުން ސަމާލުވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ. 

މިއާއެކު ބްރޯޑްކޮމުން ވަނީ ހުއްދަ ދޫކޮށްފައިވާ ހުރިހާ ތަނަކުން ފޮނުވަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދު އަދި އާއްމު އިޖުތިމާއީ މިންގަނޑާއި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑަށް ފެތޭ ކޮންޓެންޓަށް ހެދުމަށް އިލްތިމާސްކޮށްފަ އެވެ.

ބްރޯޑްކޮމް އިން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފިރިހެން ދަރިކަލުންނާއި ގުޅުވައި، ހަގީގަތާއި ޚިލާފް ދޮގު ވާހަކަތަކެއް އެމްޑީޕީގެ އިހްތިޖާޖެއްގެ ތެރެއިން އެ ޕާޓީގެ އެކްޓިވިސްޓަކު ދައްކައި އެ އިހްތިޖާޖު ބައެއް ޓީވީތަކުން ލައިވް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. 

ކުޑަކުައްޖަކާއި ގުޅުވައި، އެމްޑީޕީ މުޒާހަރާ ތެރެއިން އެކްޓިވިސްޓް ދެއްކި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނައަށް ފާޑުކިޔަމުންނެވެ. އަދި އެކަން ކުށްވެރިކޮށް މުވައްސަސާ ތަކުން ވަނީ ބަޔާންވެސް ނެރެފައެވެ. 

ކޮމެންޓް
ރިޝްމާ
ކުޑަކުދިންގެ ކަންކަން އޮއްބާނުލާ ނުލެވޭނޭ ގޮތެއް ހައްދަވާ ދެއްވާ
17 Mar 2025
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ