ބިންވެރިޔާ ސްކީމުން ދޫކުރި ބައެއް ބިންތައް... ފޮޓޯ: އެޗްޑީސީ
ހަބަރު
17 Mar 2025 | 16:04
އެޗްޑީސީ އޮޑިޓުގެ ތެރެއިން ބިންވެރިޔާ ސްކީމުން ފާހަގަވި މައްސަލަތައް ފުލުހަށް ހުށަހަޅައިފި

ބިންވެރިޔާ ސްކީމާ ގުޅޭ ގޮތުން އެޗްޑީސީން ކުރިއަށްގެންދިޔަ އިންޓަރނަލް އޮޑިޓްގައި ފާހަގަވި މައްސަލަތައް ފުލުހުންނަށް ހުށަހަޅައިފިއެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ބުނީ 'ބިންވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކޮށްފައިވާ ބިންތަކުގެ އިމާރާތްކުރުމުގެ ހުއްދައަށް އެދޭ އިރު އެއްބިމަކަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޢިމާރާތްކުރުމުގެ ހުއްދައަށް އެދި މި ކޯޕަރޭޝަނަށް ހުށަހަޅަމުންދާތީ، އެކަން މި ކޯޕަރޭޝަނުގެ ސަމާލުކަމަށް އައިސް، އެކަން އިތުރަށް ބަލައި އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

އެޗްޑީސީން ވަނީ 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެއިން ދޫކުރެވުނު ބިންތަކާއި ގުޅޭގޮތުން ޚާއްޞަ އޮޑިޓެއްކޮށްފައެވެ. އެޗްޑީސީން ބުނީ އެ ކުންފުނިން ކުރި މި އޮޑިޓުން ބިންވެރިޔާ ސްކީމްގެ ތެރެއިން އިތުރު މައްސަލަތަކެއް ފެނިފައިވާތީވެ، އެ މައްސަލަތައް އިތުރަށް ތަޙްޤީޤު ކުރުމަށްޓަކައި، ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

އެޗްޑީސީން ބުނީ ކުރިއަށް އޮތްތަނުގައިވެސް މިފަދަ މައްސަލަތައް ބަލައި ކަންކަން ފާހަގަވަމުންދާނަމަ ހަމަޖެހިފައިވާ އުސޫލުގެމަތިން ފިޔަވަޅުތައް އަޅަމުންދާނޭ ކަމަށެވެ. އެޗްޑީސީން މަސައްކަތްކުރަމުންދާނީ ހުރިހާ ރައްޔިތުންގެ ލާބައާ މަންފާއަށް އަދި ނަޒާހަތްތެރިކަމާއެކު ކަންކަން ކުރުމަށް ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

ބިންވެރިޔާ ސްކީމާ ގުޅޭގޮތުން އެޗްޑީސީން ކުރިއަށްގެންދިޔަ އޮޑިޓުގައި ފާހަގަވި މައްސަލަތައް ފުލުހަށް ހުށަހަޅާފައިވާއިރު، ޕީޖީ އަންގަވައިގެން ފުލުހުންގެ މުއައްސަސާއިން މިހާރުވެސް ގެންދަނީ ގެދޮރުވެރިޔާ ސްކީމުގެ ޖިނާޢީ ތަހުގީގެއް ކުރަމުންނެވެ. އެގޮތުން މައްސަލައިގެ ތަޙުޤީޤު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު 1 ފަހަރު ޕްރޮސިކިއުޓަރ ޖެނެރަލްއާ ޙިއްޞާކުރަމުން ގެންދިއުމަށްވެސް ޕީޖީއޮފީހުން ވަނީ މިދިޔަ ޑިސެމްބަރުމަހު އަންގާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.