ވިއްކުން މަނާކުރި ބައެއް ކްރީމްތައް: ފޮަޓޯ/ އިންޓަނެޓް
ދުނިޔެ
18 Mar 2025 | 09:50
ކެންސަރަށް މަގުފަހިވާ ކެމިކަލްއެއް ހުރެގެން ހަމުގެ ކްރީމްތަކެއް ވިއްކުން ހުއްޓުވައިފި

ކެންސަރަށް މަގުފަހިވާ ކެމިކަލްއެއް ހުރެގެން ހަމުގެ ކްރީމްތަކެއް އެމެރިކާގައި ވިއްކުން ހުއްޓުވައިފިއެވެ. 

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންގާރަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ، ކެންސަރަށް މަގުފަހިވެދާނެ ކެމިކަލްއެއް ކަމަށްވާ ބެންޒީން މަތީ މިންވަރަކަށް ހުރުމާ ގުޅިގެން، ވޯލްގްރީންސް، ލަ ރޯޝް-ޕޮސޭ އަދި ޕްރޯއެކްޓިވް ފަދަ ބްރޭންޑްތަކުގެ ހަމުގެ ކްރީމްތަކެއް ވިއްކުން ހުއްޓުވައިފައެވެ. 

މިގޮތުން މަނާ ކޮށްފައިވަނީ ވޯލްގްރީންސް އެކްނީ ކޮންޓްރޯލް ކްލީންސަރ، ޕްރޯއެކްޓިވް ސްކިން ސްމޫދިންގ އެކްސްފޯލިއޭޓަރ، އެސްއެލްއެމްޑީ ބެންޒޯއިލް ޕެރޮކްސައިޑް އެކްނީ ލޯޝަން އަދި ލަ ރޯޗް-ޕޮސޭ އެފަކްލަރ ޑުއޯ ޑުއަލް އެކްޝަން އެކްނީ ޓްރީޓްމަންޓް ފަދަ ބާވަތްތަކެވެ.

އެފްޑީއޭ އިން ބުނާ ގޮތުގައި މި ބާވަތްތައް ވިއްކުން މަނާކުރީ "ބެންޒީން ކޮންޓެމިނޭޝަންގެ" ފުރުސަތު އޮތުމާ ގުޅިގެންނެވެ.

އެމެރިކާގެ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި ބެންޒީންއަކީ އެމެރިކާގައި ޑިޓަރޖެންޓް، ޑައި އަދި ބޭސް ފަދަ އެތައް އުފެއްދުންތަކެއް އުފެއްދުމަށް ބޭނުންކުރާ ކެމިކަލްއެކެވެ. ދިގު މުއްދަތަކަށް މަތީ މިންވަރަކަށް ބެންޒީނަށް މީހާ އެކްސްޕޯސްވުމުން ލިއުކީމިއާ ނުވަތަ ލޭ އުފައްދާ ގުނަވަންތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު އޮވެއެވެ.

އެފްޑީއޭގެ މި އެންގުމަކީ ހަމައެކަނި ރީޓެއިލް ފެންވަރުގައި ކުރާ އެންގުމެކެވެ. އެ ގޮތުން، ފިހާރަތަކުގެ ހަރުތަކުންނާއި އޮންލައިން މާކެޓްޕްލޭސްތަކުން މި ބާވަތްތައް ނެގުމަށް އެފްޑީއޭ އިން ވަނީ އެދިފައެވެ. ނަމަވެސް، އެ ޕްރޮޑަކްޓް ބޭނުންކުރުން މަނާކޮށްފައެއް ނުވެއެވެ. 

މިކަމާއި ގުޅިގެން ލާ ރޯޝް-ޕޮސޭގެ ތަރުޖަމާނަކު އެމެރިކާގެ ”އޭބީސީ ނިޔުސް“އަށް ބުނިގޮތުގައި އެ ކުންފުނީގެ އެފެކްލަ ޑުއޯ ޑުއަލް އެކްޝަން އެކްނީ ޓްރީޓްމަންޓް ފުޅިތައް ރީޓެއިލް ފިހާރަތަކުން ނަގަން ވަނީ ފަށާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ