މަފާޒު ލޮލުގެ ފަރުވާ ހޯދަނީ.. ފޮޓޯ: މަފާޒުގެ އާއިލާ
ރިޕޯޓް
25 Mar 2025 | 14:51
ލޮލުގެ ފަރުވާއަށް ބޭނުންވެފައިވާ މަފާޒު އެދެނީ، ދީލަތި އެހީއަކަށް!

އެންމެ ތުއްތު އިރުން ފަށާއިގެން ލޮލުގެ މައްސަލަ ހުންނަ މުޙައްމަދު މަފާޒު މަޢުސޫމް އަކީ ދެމަފިރިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އުމުރުން އެއް އަހަރު ނުވަނީސް ލޮލުގެ މައްސަލަ ފާހަގަކުރެވި، ޑރ. ފާތިމަތު ދީދީއަށް ދެއްކުމުން ބުނެފައިވަނީ އެލަރޖީއެއް ކަމަށެވެ. އައިކެއާއަށާއި، އައިޖިއެމްއެޗްގެ ލޮލުގެ ޑޮކްޓަރުންނަށް ދެއްކުމުންވެސް ދީފައިވަނީ ހަމަ އެއް ޖަވާބެކެވެ. ނަމަވެސް، ދަރިފުޅުގެ ލޮލުގެ ހާލަތު ދުވަހެއް ދުވަހަކަށް ދިޔައީ ދަށްވަމުންނެވެ. މުޙައްމަދު މަފާޒު މަޢުސޫމް ލޮލުގެ ކެރެޓް ކޯނިޔާއަށް ޖެހިފައިވާ ބައްޔަކަށް ފަރުވާކުރަމުން އަންނަ ކުއްޖެކެވެ. އެންމެ ތުއްތު އިރުންފަށައިގެން ގިނަ އަދަދެއްގެ ބޭސް ފަރުވާ ކޮއްފާވައިރު ޖުމްލަ 17 އޮޕަރޭޝަން ވަނީ މިހާރު ކޮއްފައެވެ. 

" ދަރިފުޅުގެ ލޮލަށް ފަރުވާއެއް ހޯދުމަށް، އުމުރުން 3 އަހަރުގައި، އޭޑީކޭގެ ޑރ.ވިރާޖްއަށްވެސް ވަނީ ދައްކާފައެވެ. އޭނާއަށް ދެއްކުމުން ބުނެފައިވަނީ ރާއްޖެއިން ބޭރަށް ގޮސް ޑޮކްޓަރަށް ދައްކަން ޖެހޭނެ ކަމަށެވެ. އެހެންކަމުން، ދަރިފުޅު ގޮވައިގެން އންޑިޔާއަށް ގޮސް، ޗައިތޭނިއާ ހޮސްޕިޓަލް، އަގަރުވާލާ ހޮސްޕިޓަލް، އަރުވިންދާ ހޮސްޕިޓަލް އަދި ޕްރައިސް ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާތާ 9 އަހަރު ވެއްޖެއެވެ" މަފާޒުގެ އާއިލާއިން ވޮއިސް އަށް މައުލުމާތު ދެއްވަމުން ވިދާޅުވިއެވެ. 

އަގުރުވާލާ ހޮސްޕިޓަލުން އުންމީދުކަނޑާލާ ދެން ދެވޭނެ އެއްވެސް ފަރުވާއެއް ނެތްކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެފަދަ ހިތްދަތި ހާލަތެއްގައި ވަނިކޮށް ރައްޓިސެއްގެ ފަރާތުން ބެންކޮކްގެ ބަބްރަމްގުރާންޑް ހޮސްޕިޓަލްއިން ދަރިފުޅަށް ފަރުވާއެއް ލިބިދާނެކަމުގެ އުންމީދު ލިބުނެވެ. މި އުންމީދާއި އެކު ބެންކޮކްއަށް ގޮސް ވަގުތުން ފަރުވާތައް ފެށިއެވެ. 

" ޑޮކްޓަރު ބުނެފައިވާ ގޮތުގައި ޖުމްލަ 8 ޑޯޒަކަށް ބަހާލައިގެން ދަރިފުޅުގެ ލޮލަށް ފަރުވާ ކުރަން ޖެހެއެވެ. އެގޮތުން، ސެޕްޓެމްބަރު މަހުގެ ފަރުވާއަށްފަހު ދަރިފުޅުގެ ލޮލުގެ ފެނުމަށް ރަނގަޅު ބަދަލެއް ވަނީ އައިސްފައެވެ. 3 ދުވަހު ސްކޫލަށްވެސް ދެވުނެވެ." މަފާޒުގެ އާއިލާއިން ވިދާޅުވިއެވެ. 

ނަމަވެސް މި ފަރުވާތަކަށް ފަހު ދެން ފަރުވާއަށް ދިޔުމުން އިތުރު 10 ޑޯޒް ބޭނުންވާކަމަށް ޑޮކްޓަރު ހާމަކުރިއެވެ. ސަބަބަކީ އިންޑީއާއިން ކޮއްފައިވާ އޮޕަރޭޝްންތަކަކީ ނުބައި އޮޕަރޭޝަންތަކަކަށް ވުމުން އެކަމުގެ ނޭދެވޭ އަސަރު ކޮއްފައިވާތީއެވެ. މީގެ އިތުރުން އިތުރު އޮޕަރޭޝަނަކަށް ގޮސްފިނަމަ ދަރިފުޅަށް އޭގެ ނުރަނގަޅު އަސަރު ކޮށްފާނެކަމުގެ ބިރުއޮތުމުންނެވެ. 

ނަމަވެސް މި އާއިލާއިން ވަނީ ލާރި އެއްކޮށްގެން 10 ޑޯޒް ހަމަކޮށްފައެވެ. މި ދަތުރުގައި އާއިލާއިން ވިދާޅުވި ގޮތުގައި ވަރަށް ހަރަދު ދިޔައެވެ. 

" އެފަހުން ޑޮކްޓަރަށް ދެއްކުމުން ބޭސް ބަދަލުކޮށް ޓެސްޓު ތަކެއް ހަދާފައިވާއިރު، އިތުރު ސަރޖަރީއެއް ހެދުމަށް ޑޮކްޓަރު ވަނީ ލަފާދީފައެވެ. އެ ސަރޖަރީ ހެދުމަށް މަފާޒުއާއި އޭނާގެ މަންމަ އާއި ބައްޕަ ބެންކޮކަށް ގޮސް 12 ދުވަހު ހުންނަންޖެހެއެވެ. އެ 12 ދުވަހުގެ ކެއުމާއި، ހުރުމާއި، ސަރޖަރީގެ އިތުރުން ޓިކެޓުގެ ޚަރަދަށް ގާތްގަނޑަކަށް 230،813.49 (ދެ ލައްކަ ތިރީސް ހާސް އަތް ސަތޭކަ ތޭރަ ރުފިޔާ ސާޅީސް ނުވަ ލާރި) އަރާނެ ކަމަށް ލަފާކުރެވެއެވެ." މަފާޒުގެ އާއިލާއިން ވިދާޅުވިއެވެ.

މައުސޫމުގެ މުސާރައަކީ 15،000 ރުފިޔާ އެވެ. ނަމަވެސް ދަރިފުޅު ބަލިވެގެން ގިނަ ދުވަސްތަކެއް ރާއްޖެއިން ބޭރުގައި ހޭދަކުރަން ޖެހުމުން 2023 ވަނަ އަހަރު މުސާރަ ހަމައަށް ލިބުނީ އެންމެ މަހެއްގައެވެ. އެއްބައި މަސްމަހުގައި 13،000 ލިބުނުއިރު 12،000 ލިބުނު މަސްމަސްވެސް ދިޔައެވެ. އެއްމަހުގައި 11،000 ވެސް ލިބުނެވެ. އެލިބޭ މަދު މުސާރައިން އެތައް ޚަރަދެއް ކުރަން ޖެހެއެވެ. މީގެ އިތުރުން މި އާއިލާގައި 3 ކުދިން ހުންނަ އިރު އެއްކުއްޖެއްގެ އުމުރުން 17 އަހަރު ވަނީއެވެ. އަދި އެންމެ ހަގު ކުއްޖާއަށް 7 އަހަރުވަނީއެވެ. ތިން ކުދިންނާއި މުޅި އާއިލާގެ ކެއިންބުއިމާއި އެ ނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އެތަކެއް ޚަރަދުތަކެއް ހޭދަވާއިރު، އާމްދަނީ ހޯދުމަށް މަސައްކަތް ކުރާނީ ކުދިންގެ ބައްޕަ މައުސޫމް އެކަނިއެވެ. 

މި އާއިލާއިން ދަރިފުޅުގެ ބަލިހާލަތު ހުރި ގޮތުން ހަރަދުކުރަންޖެހޭތީވެ ހަރަދު ކުޑަކުރުމުގެ ގޮތުން މުޅި އާއިލާއިން ދިރިއުޅެމުންދަނީ މާލޭގެ ދެ ކޮޓަރި އެޕާޓްމަންޓެއްގެ ތެރެއިން އެއް ކޮޓަރި ކުއްޔަށް ހިފައިގެންނެވެ. މި ތަނުން ކުލީގެ ގޮތުގައި އެކަނިވެސް އަތުން 10،000ރ ހޭދަކުރަންޖެހެއެވެ. އަދި މީގެ އިތުރުން ފެން ބިލަށް 1533ރ ކަރަންޓްބިލަށް ގާތްގަނޑަކަށް 666 ރުފިޔާ ކޮންމެ މަހަކު ހޭދަކުރަންޖެހެއެވެ. މުޅި އާއިލާގެ ހުރިހާ ހަރަދުތަކަށް މަހެއްގެ މައްޗަށް 26،500ރ އަށްވުރެ ގިނައިން ޚަރަދު ކުރަން ޖެހެއެވެ. 

ޖަވާބުން މިހާރު ވަނީ އެމީހުންގެ އިޖުތިމާއީ ޒިންމާގެދަށުން މި އާއިލާއަށް އެހީތެރިވުމަށް ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.