ކުރީގެ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް
ހަބަރު
25 Mar 2025 | 17:33
މާޗް 30ވާ އާދިއްތައަކީ އީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ: މައުމޫން

މާރިޗު 30 ވާ އާދީއްތަ ދުވަހަކީ މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ދީނީ ޢިލްމުވެރިޔާ އަދި ކުރީގެ ރައީސް ޢަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު ވަނީ އެކަން ބަޔާންކުރައްވާ "އީދު ހަނދު" މި ނަމުގައި މިއަދު "ވޮއިސް" އަށް ޚާއްސަ އާޓިކަލެއް ލިޔުއްވާފަ އެވެ.

އެ ލިޔުއްވުމުގައި އެމަނިކުފާނު ވަނީ ސަޢޫދީ ޢަރަބިއްޔާ އާއި، މިޞުރާއި، ތުރުކީ އާއި، މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މި ހިނގާ މާރިޗު މަހުގެ 29 ދުވަހު  އިރުއޮއްސުމަށްފަހު، ހަނދު ނޯއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުން ދައްކާތީ، ޖެހިގެން އަންނަ ދުވަހަކީ (މާރިޗު 30 ވާ އާދީއްތަ ދުވަހަކީ) މިއަހަރުގެ ފިޠުރު ޢީދު ދުވަހަށް ވާނެ ކަމަށް ވަރަށް ބޮޑަށް ޔަޤީން ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ.

މާރިޗު މަހުގެ 29 ވަނަ ދުވަހަކީ ރަމަޟާން މަހުގެވެސް 29 ވަނަ ދުވަސް ކަމަށާ އެދުވަހު ދިވެހިރާއްޖެއަށް އިރުއޮއްސެނީ 18 ގަޑި 14 މިނެޓުގައެވެ. ހަނދު އޮއްސެނީވެސް، ހަމަ އެގަޑީގައި ކަމަށް ލިޔުއްވާފައިވެ އެވެ.

"އެހެންކަމުން، ވިދިގެން އަންނަ ދުވަހަކީ ދިވެހިރާއްޖެއަށް ފަލަކީގޮތުން ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވުމާއި ނުވުމާ މެދު ބަހުސެއް އޮތްނަމަވެސް، ވަރަށް ގިނަ އިސްލާމީ ޤައުމުތަކަށް އެދުވަހަކީ ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމަށް ވާނެތީ، މާރިޗު މަހުގެ 30 ވަނަ ދުވަހަކީ، ރާއްޖެއަށް ވެސް ޝައްވާލު މަހުގެ 1 ވަނަ ދުވަސް ކަމުގައި ވާނެކަމަށް ފެނެއެވެ," މައުމޫން ލިޔުއްވާފައިވެ އެވެ.

އެއީ، ހަނދު ސާބިތު ކުރުމުގައި ޢަމަލު ކުރަމުން އަންނަ އުޞޫލުތަކާ ހަމަތަކުގެ އަލީގައި ވިދާޅުވާ ވިދާޅުވުމެއް ކަމަށް ވެސް ބަޔާން ކުރައްވާފައިވެ އެވެ.

ރައީސް މައުމޫނަކީ ފަލަކީ ޢިލްމަށް ވަރަށް ބޮޑު ޝައުގުވެރި ކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އެ ދާއިރާގެ ބޮޑު ޢިލްމުވެރިއެއް ވެސް މެ އެވެ. ފަލަކީ ޢިލްމާ ގުޅޭ މުހިންމު ކަންކަން އެމަނިކުފާނު ވަރަށް ގިނައިން ހިއްސާ ކުރައްވަ އެވެ.

ކޮމެންޓް
ސައްލޭ
މީނާއަށް ފަލަކީ ހިސާބު އެގޭބާ
25 Mar 2025
ބަޗީ
އެމަނިކުފާނަކީ މިރާއްޖޭގެ ނިސްބަތުންވެސް ހަމަ ވަރަށް ފުންނާބު ޢިލްމުވެރިއެއް.
25 Mar 2025
Abdullah Saeedh
އެހެންވީމާ މިއީ 31 ރޯދަމަހެއް
25 Mar 2025
ޙަސަނާ
ސައްްލޭ. ކަލެއަށް ނޭނގޭ އެއްޗެހި އެނގޭ މީހަކު ނުހުންނާނެތަ؟ ކަލެއަށް ހީވަނީ ކަލެއަށް ނޭނގޭ އެއްޗެއް އެހެން މީހަކަށްވެސް ނޭނގޭނެކަމަށްދޯ؟
25 Mar 2025
ާަަަައަް
މައުމޫނު މުޅި ޕުލޭން ބަދަލުކޮއްލައިފި، ތަންކޮޅެއް ކުރިން ދެން ބުނެލާތި...🙆💁👎
26 Mar 2025
ާއަހްމަދު
ރޭގަނޑާއި، ދުވާލަކީ، ދެ ހެކިކަމުގައި، ތިމަންރަސްކަލާނގެ ލެއްވީމެވެ. ފަހެ، ރޭގަނޑުގެ ހެކިން نور ފުހެލެއްވީމެވެ. 17:12 [Surah Al-Isrāʾ: 12]
27 Mar 2025
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.