މާދަމާ އަކީ ރޯދަ މަހުގެ ފަހު ދުވަސް -- ވޮއިސް ފޮޓޯ
ހަބަރު
29 Mar 2025 | 19:41
މިއަދަކީ ފަހު ރޯދަ: މާދަމާ އީދު, ޢީދު މުބާރަކު!

މިއަދަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅާ އެކަން ސަރުކާރުން އިއުލާނު ކުރައްވައިފި އެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތު ކުރުމާއި ގުޅޭގޮތުން ފަލަކީ ކޮމެޓީން ބައްދަލްވެ މިރޭ ވަނީ ހަނދާ ބެހޭ ގަރާރު އިއްވާފަ އެވެ. އެ ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ އެއްވެސް ރަށަކަށް މިރޭ ޝައްވާލު މަހުގެ ހަނދު ފެނިފައި ނުވި ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް ޝައްވާލު މަހުގެ ހަނދު ފެނިފައިވާ ކަމަށް ރަސްމީކޮށް ލިބިފައިވާތީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގައި ރާއްޖެއިން އަމަލު ކުރަން ހަމަޖެހިފައިވާ އުސޫލުގެ މަތީން މިއަދަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅާ ކަމަށެވެ.

ރާއްޖޭގެ މި ނިންމުން އައީ ސައުދި އަރަބިއްޔާއަށް ހަނދު ފެނިފައިވާ ކަމަށާ މާދަމާ އަކީ އެ ގައުމަށް އީދު ދުވަސް ކަމަށް ކަނޑައަޅާ އިއުލާނު ކޮށްފައި ވަނިކޮށެވެ.

މި އަހަރުގެ ރަމަޟާން މަސް ވެސް ރާއްޖެއަށް ފެށީ ރާއްޖެއަށް ހަނދު ފެނިގެނެއް ނޫނެވެ. އެ ރޭ ދިމާވީ ވަރަށް ވިއްސާރަ ވެސް ރެ އަކަށެވެ.

މިއަދަކީ މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދުވަސް ކަމަށާ މި އަހަރުގެ ފިތުރު އީދު ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅާ އެކަން ސަރުކާރުން އިއުލާނު ކުރި ނަމަވެސް ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކަށް އީދު ދުވަހަކީ ހޯމަ ދުވަސް ކަމަށް ކަނޑައަޅާފަ އެވެ. 

އެންމެ ފުރަތަމަ ގަރާރު ނެރުނު އެެއް ގައުމަކީ މެލޭޝިޔާ އެވެ. އެ ގައުމަށް އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.

އޭގެ ފަހުން ބުރޫނާއީ އާއި އޮސްޓްރޭލިއާ އާއި އިންޑޮނޭޝިއާ އާއި ބަންގްލަދޭޝް އިން ވެސް ވަނީ އެ ގައުމުތަކުގެ ނިންމުން އިއުލާނު ކޮށްފަ އެވެ. އެ ހުރިހާ ގައުމަކަށް ވެސް އީދު ދުވަހަކީ އަންނަ ހޯމަ ދުވަހެވެ.

މާދަމާ އަކީ ރަމަޟާން މަހުގެ ފަހު ދުވަހެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.