05 May 2019 | 15:08
ޣައްޒާ އަށް ހަމަލާ ދިނުމަކީ އިސްރާއީލުގެ ހައްގެއް: އެމެރިކާ

އަމިއްލަ ދިފާއުގައި އިސްރާއީލުން  ޣައްޒާއަށް ހަމަލާ ދިނުމަކީ އިސްރާއީލަށް ލިބިގެންވާ ހައްގެއް ކަމަށް، އިސްރާއީލުގެ ޒަާންވީ އެކުވެރިޔާ އެމެރިކާއިން ބުނެފިއެވެ.

އެމެރިކާއިން މިހެން ބުނެފައިމިވަނީ އިސްރާއީލުގެ އުދުވާނީ ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް އިއްޔެ އާއި ރޭ ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި މާބަނޑު އަންހެނަކާއި އޭނާގެ 14 މަހުގެ ތުއްތު ދަރިފުޅު ހިމެނޭހެން 9 މީހަކު ޝަހީދުވެފައިވަނޮކޮށް އެގައުމުގެ ސްޓޭޓް ޑިޕާޓްމެންޓް އިން ނެރުނު ބަޔާނެއްގައެވެ.

އެމެރިކާއިން ނެރުނު ބަޔާނުގައި އިސްރާއީލަށް އަމާޒުވަމުން ދާ ހަމަލާތަށް ވަނީ ކުއްވެރިކޮށް މި ހަމަލާތަކުގެ ޒިންމާ ހަމާސް ހަމާއަތުގެ ބޮލުގައި އަޅުވާފައެވެ.

އިސްރާއީލުގެ ވަރުގަދަ ހަމަލާތައް އިއްޔެ އާއީ ރޭ އައިސްފައި މިވަނީ ޣައްޒާގައި ވެރިކަންކުރާ ހަމާސް އާއި އިސްލާމިކް ޖިހާދު ގުޅިގެން ދެކުނު އިސްރާއީލުގެ އަވަށްތަކަށް 300 އަށް ވުރެން ގިނަ ރޮކެޓް ފޮނުވާލުމާ ގުޅިގެންނެވެ.

ޢައްޒާ އިން ވަނީ ރޭ ފަތިހު އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ. މި ރޮކެޓް ހަމަލާގެ ސަބަބުން އިސްރާއީލުގެ އެކަކު މަރުވެ 13 މީހުން ޒަހަމްވެފައި ވެއެވެ.

ގާތްގަނޑަކަށް އެއް މަސްދުވަހަށް ދެމިގެން ދިޔަ ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އާއީ އިސްރާއީލު ސިފައިން ހުކުރު ދުވަހު ބަޑިޖަހައި އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރަމުން ދިޔަ ފަލަސްތީނުގެ 2 ޒުވާނަކު ޝަހީދުކޮށްލުމުންނެވެ. އޭގެ ރައްދުގައި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިން ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް ބަޑިޖަހައި އިސްރާއީލު ސިފައިންގެ ދެ މީހުން މަރާލާފައެވެ.

ބަޑީގެ ހަމަލާތަކަށް ފަހު އިސްރާއީލުގެ ވައިގެ ހަމަލާއެއްގައި ހަމާސްގެ ދެ ހަނގުރާމަވެރިން ޝަހީދުވިއެވެ. ދެކުނު އިސްރާއީލަށް ރޮކެޓް ހަމަލާ ފޮނުވާލީ އިސްރާއީލުން ދިން ވައިގެ ހަމަލާގެ ރައްދުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.