ފެށުން ސީރީޒްގެ ތިންވަނަ އެޕިސޯޑް މިރޭ ދައްކާނެ
ހަބަރު
30 Mar 2025 | 18:24
އަލް އަސްރުގެ އިސްލާމިކް ސީރީޒް "ފެށުން" ގެ ތިންވަނަ އެޕިސޯޑް މިރޭ

އަލް އަސްރުގެ އިސްލާމިކް ސީރީޒް "ފެށުން" ގެ ތިންވަނަ އެޕިސޯޑް މިރޭ ދައްކާނެ އެވެ.

މިއީ މިފަދަ ސީރީޒެއް ރާއްޖޭގައި އުފައްދާ ބްރޯޑްކާސްޓް ކުރާ ފުރަތަމަ ފަހަރެވެ. ދިވެހީންގެ ދީނީ ހޭލުންތެރި ކަމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަަސައްކަތް ކުރާ އަސްރުން އުފައްދާފައިވާ "ފެށުން" މިއީ ހަތަރު އެޕިސޯޑްގެ ސީރީޒެެކެވެ.

ކޮންމެ އެޕިސޯޑެއްގައި 20 މިނެޓެވެ.

މި ސީރީޒްގައި ދައްކައިދޭނީ މަހަށް ނިކުންނަ ޒުވާނަކަށް ދިމާވާ ހާދިސާއެކެވެ. މުޅި ސީރީޒުން މުހިންމު މެސެޖުތަކެއް ދޭނެ އެވެ.

މި ސީރީޒްގެ ޓައިޓަލް ސްޕޮންސަރަކީ ފަހިޕޭ އެވެ. ކޯ ސްޕޮންސަރަކީ ރެޑްބޮކްސް އެވެ. ސްޕޮންސަރަކީ އެލިޔާ އިންވެސްޓްމަންޓެވެ.

މީޑިއާ ޕާޓްނަރަކީ ވޮއިސް އެވެ. ބްރޯޓްކާސްޓިން ޕާޓްނަރަކީ ދާރިސް ޓީވީ އެވެ.

އއ. މަތިވެރީގައި ނަގާފައިވާ މި ސީރީޒްގެ ތިންވަނަ އެޕިސޯޑް މިރޭ ދައްކާނެ އެވެ. އެޕިސޯޑްގެ ރިޕީޓް ބުދަ ދުވަހުގަ ހެނދުނު 10:00 ގައި ހުކުރު ދުވަހުގެ މެންދުރު 2:30 ގައި އަދި ހޯމަ ދުވަހުގެ ހެނދުނު 10:30 އާއި އެ ރޭ 12:30 ގައި ދައްކާނެ އެވެ.

އާ އެޕިސޯޑެއް ކޮންމެ ހޮނިހިރު ދުވަހެއްގެ ރޭ 9:30 ގައި ދާރިސް ޓީވީން ދައްކާނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.