ރައީސް ޑރ.މުއިއްޒު "އީދު އުފާ" ހަރަކާތުގައި ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Mar 2025 | 18:55
އިއްޔެ ކުރިއަށްގެންދިޔަ ފަދަ، "ޢީދު އުފާ" ހަރަކާތެއް މީގެކުރިން ދުށީމުތަ؟

ފިތުރު ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތައް ގުޅިގެން އިއްޔެ ހަވީރު ސަލްޓަންޕާކް ސަރަހައްދުގައި ކުރިއަށްގެންދިޔަ "ޢީދު އުފާ" ހަރަކާތާ ގުޅޭގޮތުން ބައެއް މީހުން ކައިރީ އަހާލުމުން ހުރިހާ އެންމެން އިއްތިފާގުވީ މިފަދަ ހަރަކާތެއް އަދި މިހާތަނަށް ބާއްވާފައި ނުވާކަމަށެވެ. ސަރުކާރުގެ ނަގާކިޔާ ބޮޑެތި މުއައްސަސާތަކާ އެންމެ ބޮޑެތި ކުންފުނިތަކުން ވަނީ "ޢީދު އުފާ" ހަރަކާތް އިންތިޒާމުކޮށް ކުރިއަށްގެންެދިއުމުގައި ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މި ހަރަކާތަކީ ކުޑަކުދިން ޝައުގުވެރިވާ ހަރަކާތަކަށް ހެދުމަށް ހާއްސަގޮތެއްގައި އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

"ޢީދު އުފާ" ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ، ސަލްޓަން ޕާކުން ފެށިގެން ޝަހީދުންގެ ބިނާ ސަރަހައްދާއި ޖުމްހޫރީ މައިދާން ސަރަހައްދުވެސް ހިމެނޭހެން ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެވެރިވެވޭ ގޮތަށެވެ. މި ހަރަކާތުގައި ދިވެހި ސަޤާފަތާއި، ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ކެރެކްޓާތައް ވަނީ ދައްކާލާފައެވެ.

ޢީދު އުފާ ހަރަކާތުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

މި ހަރަކާތުގައި ކުޑަކުދިންގެ އެންމެބޮޑު މަޤްބޫލުކަމެއް ލިބިގެންގޮސްފައިވަނީ އެމްއެންޑިއެފް އަދި ފުލުހުންގެ މުއައްސަސާތަކުން ކުޑަކުދިން ބައިވެރިވެވޭގޮތަށް ގެންދިޔަ ހަރަކާތްތަކެވެ. މީގެ ތެރޭގައި އެމްއެންޑީއެފާއި ފުލުހުންގެ އުޅަނދުތަކަށް ކުޑަކުދިން އަރައި ފޮޓޯނެގޭގޮތަށް ގެންދިޔަ ހަރަކާތްތަކާއި، ކުދިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ އެމްއެންޑީއެފްގެ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ޢީދު އުފާގައި ފުލުހުން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން މިއަދުގެ "ޢީދު އުފާ" ހަރަކާތުގައި އެންމެބޮޑަށް ފާހަގަކޮށްލެވުނު އެއްކަމަކީ ޤައުމުގެ ވަލިއްޔުލް އަމްރު ޑރ.މުހައްމަދު މުއިއްޒުގެ ދެ ކަނބަލުންވެސް ހަރަކާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެތަނަށް ޒިޔާރަތްކުރުމެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ވަޒީރުންވެސް ވަނީ، ރައްޔިތުންނާއެކު "ޢީދު އުފާ" ހަރަކާތް ނިމެންދެން ހަރަކާތްތެރިވެ ވަޑައިގެންފައެވެ. ރައީސް ޑޜ.މުއިއްޒު ވަނީ ހަރަކާތަށް ޒިޔާރަތްކުރި އާއިލާތަކުގެ ކުދިންނާ ސަލާންކޮށް ކުދިންނާއެކު ފޮޓޯ ނަގައި ކުޅިވަރުތަކުގައިވެސް ބައިވެރިވެ ވަޑައިގެންފައެވެ.

މީގެކުރިން ޤައުމުގެ ވެރިންނާއި ދައުލަތުގެ ވަޒީރުން ރައްޔިތުންނާއެކު މިފަދަ ގޮތަކަށް ޢީދު ހަރަކާތުގައި އުޅުއްވިކަމެއް އަޅުގަނޑަކަށް އެނގިފައެއްނެތް. ރައީސް ޑރ.މުއިއްޒުވެސް މިއަދު "ޢީދު އުފާ" ހަރަކާތް ނިމެންދެން ކުޑަކުދިންނާއެކު ފޮޓޯނައި އުޅުއްވި. މިގޮތަށް ޤައުމުގެ ރައީސްއާއެކު މިހާ އޯޕަންކޮށް އުޅުމުގެ ފުރުސަތެއް އަދި ނުލިބޭ"

އާއިލާއާއެކު ޢީދު އުފާ ހަރަކާތަށް ގޮސް އުޅުނު ނަޒީރާ ކިޔާ މީހަކު ބުންޏެވެ

ޢީދު އުފާ ހަރަކާތަށް ޒިޔާތްކުރި އާއްމުންނާ ރައީސް ސަލާމް ކުރައްވަނީ... ފޮޓޯ: ރައީސް އޮފީސް

ފިތުރު ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން "ޢީދު އުފާ" ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ ހަވީރު 16:00 އިން އިރުއޮއްސި 18:00 އާ ހަމަޔަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ އާއިލާތަކަކުން ޒިޔާރަތްކުރިއިރު، ހަރަކާތް އިންތިޒާމުކުރުމުގައި ބައިވެރިވި ސަރުކާރުގެ މުއައްސަސާތަކުން ވަނީ އެތަނަށް ޒިޔާރަތްކުރި ކުޑަކުދިންނަށް ޢީދު ހަދިޔާ ބަހާފައެވެ. 

ސަރުކާރުން ވަނީ މިފަހަރުގެ ފިތުރު ޢީދުގެ ހަރަކާތްތައް ކުލަގަދަ ގޮތެއްގައި ކުރިއަށްގެންދިމަށް ނިންމާފައެވެ. މިގޮތުން ޢީދު ފާހަގަކުރުމުގެ ގޮތުން ރޭ ވަނީ ހުޅުމާލޭ ސެންޓްރަލް ޕާކްގައި ހަވާއެރުވުމާއި ޑްރޯން ޝޯއެއްވެސް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް
އިބްރާހިމް ފަޒީލް
މިޔަދުއީދުތަ
30 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.