ޢީދު ހަވީރު: މިއަދާއި މާދަމާވެސް އޮންނާނެ
ހަބަރު
30 Mar 2025 | 23:30
އުފާވެރި ޚަބަރެއް: ޢީދު ހަވީރު މިއަދުވެސް އޮންނާނެ

‏ޢީދުހަވީރު 1446ގެ ހަރަކާތްތައް މިއަދާއި މާދަމާވެސް އޮންނާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އިން ބުނެފި އެވެ.

ކުޑައީދާ ގުޅިގެން އިއްޔެ ހަވީރު ވަނީ މާލޭގައި ވަރަަށް ކުލަގަދަ އީދު ހަވީރެއް ބާއްވާފަ އެވެ.

އެމްއެންޑީއެފުން ރޭ ބުނީ އީދު ހަވީރު، މާރިޗު 31 އަދި އޭޕްރީލް 1 ވަނަ ދުވަހުގެ 16:00 އިން 18:00 އަށް ޖުމުހޫރީ މައިދާން ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޢީދު ހަވީރުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

ފިތުރު ޢީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތައް ގުޅިގެން އިއްޔެ ހަވީރު ސަލްޓަންޕާކް ސަރަހައްދުގައި ކުރިއަށްގެންދިޔަ "ޢީދު އުފާ" ހަރަކާތާ ގުޅޭގޮތުން ބައެއް މީހުން ކައިރީ އަހާލުމުން ހުރިހާ އެންމެން އިއްތިފާގުވީ މިފަދަ ހަރަކާތެއް އަދި މިހާތަނަށް ބާއްވާފައި ނުވާކަމަށެވެ.

ސަރުކާރުގެ ނަގާކިޔާ ބޮޑެތި މުއައްސަސާތަކާ އެންމެ ބޮޑެތި ކުންފުނިތަކުން ވަނީ "ޢީދު އުފާ" ހަރަކާތް އިންތިޒާމުކޮށް ކުރިއަށްގެންެދިއުމުގައި ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. މި ހަރަކާތަކީ ކުޑަކުދިން ޝައުގުވެރިވާ ހަރަކާތަކަށް ހެދުމަށް ހާއްސަގޮތެއްގައި އެމްއެންޑީއެފާއި ފުލުހުންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަނީ ވަރަށްބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ.

"ޢީދު އުފާ" ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ، ސަލްޓަން ޕާކުން ފެށިގެން ޝަހީދުންގެ ބިނާ ސަރަހައްދާއި ޖުމްހޫރީ މައިދާން ސަރަހައްދުވެސް ހިމެނޭހެން ވީހާވެސް ގިނަ ރައްޔިތުންނަށް ބައިވެވެރިވެވޭ ގޮތަށެވެ. މި ހަރަކާތުގައި ދިވެހި ސަޤާފަތާއި، ކުޑަކުދިންގެ މެދުގައި މަޤްބޫލުކަން ލިބިފައިވާ ކެރެކްޓާތައް ވަނީ ދައްކާލާފައެވެ.

ޢީދު ހަވީރުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

މި ހަރަކާތުގައި ކުޑަކުދިންގެ އެންމެބޮޑު މަޤްބޫލުކަމެއް ލިބިގެންގޮސްފައިވަނީ އެމްއެންޑިއެފް އަދި ފުލުހުންގެ މުއައްސަސާތަކުން ކުޑަކުދިން ބައިވެރިވެވޭގޮތަށް ގެންދިޔަ ހަރަކާތްތަކެވެ.

މީގެ ތެރޭގައި އެމްއެންޑީއެފާއި ފުލުހުންގެ އުޅަނދުތަކަށް ކުޑަކުދިން އަރައި ފޮޓޯނެގޭގޮތަށް ގެންދިޔަ ހަރަކާތްތަކާއި، ކުދިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ އެމްއެންޑީއެފްގެ ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.