ޢީދު އުފަލުގައި ރޭ ކުރިއަށްދިޔަ ޑްރޯންޝޯގެ ތެރެއިން..
ހަބަރު
31 Mar 2025 | 09:57
ޑްރޯން އާއި ހަވާ ބަލާލުމަށް ރެކޯޑް އަދަދަކަށް މީހުން ހުޅުމާލެއަށް ޖަމާވި!

ފިތުރު ޢީދާ ގުޅުވައިގެން ހުޅުމާލެސިޓީގައި ބޭއްވި ހަރަކާތްތައް ބަލާލުމަށް ރެކޯޑް އަދަދަކަށް މީހުން ރޭ އެ ސިޓީއަށް ޖަމާވެއްޖެއެވެ.

ޢީދު އުފާ ހަރަކާތްތަކުގައި ހިމެނިގެން ރޭ ހުޅުމާލޭގައި ކުރިއަށްގެންގޮސްފައިވަނީ ޑްރޯން އެރުވުމާއި ހަވާއެރުވުމުގެ ހަރަކާތެވެ. މި ހަރަކާތްތައް ބަލާލުމަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހުޅުމާލެ ސެންޓްރަލް ޕާކް ހިމެނޭ ސަރަހައްދަށް ޖަމާވެފައެވެ. ރޭ ފާހަގަކުރެވުނީ މިހާތަނަށް އެންމެ ގިނަ ބަޔަކު ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހަްދަށް ޒިޔާރަތްކުރި ރޭގެ ގޮތުގައެވެ.

ސެންޓްރަލް ޕާކް ހިމެނޭ ސަރަހައްދަށް މީހުން ޖަމާވި އަދަދު ގިނަކަމުން މުޅި އެހިސާބު އޮތީ ތޮއްޖެހިފައެވެ. މުޅި ސަރަހައްދަށް ގިނަ އަދަދަކަށް މީހުން ޖަމާވުމުގެ ސަބަބުން ބަހުގެ ހިދުމަތްވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. ސަބަބަކީ ބަސް ނުދުއްވޭވަރަށް މީހުން މަގުތަކަށް ޖަމާވުމެވެ. ސެންޓްރަލް ޕާކް ހިމެނޭ ސަރަހައްދަށް ބާރުބޮޑުވުމާއެކު، ގިނަ މީހުން އެންމެފަހުން ދިޔައީ އެހިސާބުގައި ހުންނަ ކެފޭތަކާއި ރެސްޓޯރެންޓްތަކަށެވެ.

ޢީދު އުފާ ހަރަކާތްތަކުގެ ތެރެއިން... ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގައި ރޭ ބޭއްވި ހަވާއެރުވުމުގެ ހަރަކާތާއި ޑްރޯން ޝޯއަށް ގިނަ ބައެއްގެ ޝައުގުވެރިކަން ލިބިގެންދިޔައިރު، ޑްރޯން ޝޯގައި ރޭ ވަނީ ތަފާތު މަންޒަރުތައް ދައްކާލާފައެވެ. އެގޮތުން ފަލަސްތީނު ދިދައާއި މަސްވެރިކަމާއި އެނޫންވެސް ދާއިރާތައް ސުފަވާ މަންޒަރު ވަނީ ދައްކާލާފައެވެ. ސޯޝަލް މީޑިއާގައި ގިނަބަޔަކަށް ކަމުގޮސްގެން އެންމެ ރީތި މަންޒަރެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ފަލަސްތީނު ދިދައެވެ.

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޑްރޯންޝޯ އާއި ހަވާއެރުވުމުގެ ހަރަކާތް އިންތިޒާމްކުރީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިސްނަގައިގެންކަން ފާހަގަކޮށްލެވެއެވެ.

ޢީދުހަވީރު 1446ގެ ހަރަކާތްތަކުގައި ހިމެނިގެން މާލެ ސަލްޓަންޕާކް ސަރަހައްދުގައި މިއަދުވެސް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެމްއެންޑިއެފުން ބުނީ، ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ އެދުމުގެ ގޮތުން އީދު އުފާ ކުރިއަށްދާނީ މާރިޗު 31 އަދި އޭޕްރީލް 1 ވަނަ ދުވަހުގެ 16:00 އިން 18:00 އަށް ޖުމުހޫރީ މައިދާން ސަރަހައްދުގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.