ބަންގާޅުގައި ބޭއްވި އާންމު އިންތިހާބެއްގެ ތެރެއިން.. ފޮޓޯ: ނިކެއި އޭސިއާ
ދުނިޔެ
31 Mar 2025 | 11:30
ބަންގާޅުގެ އިންތިހާބު ޑިސެމްބަރުގެ ނިޔަލަށް ނުބާއްވައިފިނަމަ މަސްރަހު ގޯސްވާނެ – އިދިކޮޅު

މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އިންތިޚާބު ނުބާއްވައިފިނަމަ ރައްޔިތުންގެ ހިތުގައި ސަރުކާރާއި ދޭތެރޭ ނަފްރަތު އުފެދި، މަސްރަހު ގޯސްވެދާނެކަމުގެ އިންޒާރު އެގައުމުގެ މައި އިދިކޮޅު ޕާޓީއިން ދީފިއެވެ.

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީއިން މިއިންޒާރު ދިނީ، ޑިސެމްބަރު މަހާއި އަންނަ އަހަރުގެ ޖޫން މަހާއި ދޭތެރޭ އިންތިޚާބު ބާއްވަން ޖެހިދާނެކަމަށް ބަންގްލަދޭޝްގެ ސަރުކާރު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެގެން ހުންނެވި މުހައްމަދު ޔޫނުސް ވިދާޅުވުމާ ގުޅިގެންނެވެ. ޔޫނުސް ބަންގްލަދޭޝްގެ ސަރުކާރު ހިންގެވުމާއި ހަވާލުވެވަޑައިގެންނެވީ ނިމިދިޔަ އަހަރު ބަންގްލަދޭޝްގައި ހިނގި މުޒާހަރާތަކަށްފަހު ބޮޑުވަޒީރު ޝައިޚް ހަސީނާ ގައުމު ދޫކުރައްވައި، މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އިސްތިއުފާ ދެއްވުމަށްފަހު ޝައިޚް ހަސީނާ ވަޑައިގަތީ އެކަމަނާ ގާތްގުޅުމެއް ބާއްވަމުން ގެންދެވި އިންޑިއާއަށެވެ.

ނިމިދިޔަ އަހަރު އިންތިޚާބު ބާއްވަން ހަސީނާގެ އަވާމީ ލީގާއި، އިދިކޮޅު ބީ.އެން.ޕީ އިންވެސް ބޭނުންވިއެވެ. އެހެންނަމަވެސް މިއަހަރު އިންތިޚާބު ބޭއްވުމަށް ފަސްކުރީއެވެ. ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން މިހާރު ބުނަނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް އަދި އެގައުމުގައި ނެތްކަމަށެވެ. ޔޫނުސް ވިދާޅުވީ އިތުބާރު ކުރެވޭ އިންތިޚާބެއް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ނިމި، އިންތިޚާބެއް ބޭއްވޭނީ އަންނަ އަހަރު ކަމަށެވެ.

އަނެއްކޮޅުން އިދިކޮޅު ބީ.އެން.ޕީ އިން ބުނަނީ އެގައުމަށް ޑިމޮކްރަސީ އެނބުރި އަންނަން ޖެހޭކަމަށައި، މިއަހަރު އިންތިޚާބު ބާއްވަން ޖެހޭނެކަމަށެވެ. ވަގުތީ ސަރުކާރުވެސް، ކުރިން އެއްބަސްވިގޮތަށް ޑިސެމްބަރު މަހު އިންތިޚާބު ބޭއްވުމަށްފަހު ޝަރަފުވެރިކަމާއެކު ސަރުކާރު ދޫކޮށް ދިޔުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ބީ.އެން.ޕީ އިން ދެކެއެވެ. ހަމަ އެއާއެކު އިންތިޚާބު ނުބާއްވައިފިނަމަ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދި، އަނެއްކާވެސް ހަމަނުޖެހުމަކަށް ހިނގައިދާނެކަމަށް އެޕާޓީގެ އިސްއޮފިޝަލަކު އިންޒާރު ދެއްވިއެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ