ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ޓަވަރުތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
31 Mar 2025 | 16:56
ގެދޮރުވެރިޔާ ސްކީމަށް ޝަކުވާ ހުށަހަޅައިދިނުމަށް މާލެސިޓީ ކައުންސިލުން އެހީތެރިވެދެނީ!

ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރުމަށް ނިންމި 4،000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގައި މާލެސިޓީ ކައުންސިލުން އެހީތެރިވެދިނުމަށް ނިންމާފައިވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

މާލެސިޓީ ކައުންސިލުން ބުނީ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން އެ އިދާރާގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައި، މިއަދުން ފެށިގެން ހިދުަތްދެމުން ދާނޭކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކުވެސް ކަނޑައެޅޭ ވަކި ގަޑިތަކެއްގައި ހިދުމަތް ދެމުންދާނޭކަމަށް މާލެސިޓީ ކައުންސިލުން ބުންޏެވެ.

ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

- މިއަދުން ފެށިގެން، އެޕްރީލްމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް.

 ހެނދުނު 10:00 ން 14:30 އަށް، އަދި ރޭގަނޑު 21:30 ން 23:00 އަށް

- އެޕްރީލް 6 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް.

ހެނދުނު 09:00 ން 16:00އަށް، އަދި ރޭގަނޑު 21:00 ން 23:00 އަށް

ފްލެޓް ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީހަކީ، އަންނަ އޭޕްރިލްމަހުގެ 15 ވަނަ ދުވަހެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން ދޫކުރުމަށް ނިންމި 4،000 ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމު މިހާތަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭ ޝަކުވާތައްކަމަށް ހައުސިން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އާއްމުކުރި ފްލެޓް ލިސްޓް މުރާޖައާކުރުމަށްފަހު މި ސަރުކާރުން އަލުން އެ ލިސްޓް އާއްމުކޮށްފައިވަނީ، މިދިޔަ ފެބުރުއަރީމަހުގެ 27 ވަނަ ދުވަހެވެ. 

ހައުސިން މިނިސްޓްރީން ވަނީ ފްލެޓަށް ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ ގެދޮވެރިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަދި ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން ހުށަހެޅޭނޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެވޭނޭ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.