ފ.ނިލަންދޫ ނަރުދަމާ މައްސަލަޖެހިފައި... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
01 Apr 2025 | 16:44
ނިލަންދޫ ނަރުދަމާ ނިޒާމް އަލުން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައިފިން: މަތީން

ނިލަންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް އަލުން ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިހާރު ނިލަންދޫގައި ބޭނުންކުރަމުންދާ ނަރުދަމާ މައްސަލަޖެހި ރަށުގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ޖަންކްޝަންތަކުން ވަނީ ނަޖިސްލީކްވާން ފަށާފައެވެ. މި މައްސަލައާ ގުޅިގެން ރަށުގެ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަން ވަނީ މިހާރު އާއްމު އުނދަގުލަކަށްވެސް ވެފައެވެ. ނިލަންދޫ ނަރުދަމާ ނިޒާމަށް މިގހާރު ޖެހިގެންއުޅޭ މައްސަލައާ ގުޅޭގޮތުން މަތީން ވިދާޅުވީ، އެރަށުގެ ނަރުދަމާއަކީ 15 އަހަރަށް ޑިޒައިންކޮށްފައިވާ ވެކިއުމް ނިޒާމެއްކަމަށާއި، މިހާރު އެ ނިޒާމް ޤާއިމްކުރިތާވެސް 18 އަހަރު ވެފައިވާކަމަށެވެ.

ވޭތުވެދިޔަ އަހަރުތަކާއި، އަދި މިހާރުވެސް އެ ނިޒާމު ހިންގާ މަރާމާތުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވަމުން މަތީން ވިދާޅުވީ، ނިލަންދޫ ރައްޔިތުންނަށް ކުރިމަތިމަތިވަމުން އަންނަ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދުމަށް ފ.ނިލަންދޫގައި "ގްރެވިޓީ" ނަރުދަމާ ނިޒާމެއް ޤާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށެވެ. މިގޮތުން ޑިޒައިން މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ބިންތައް ކަނޑައެޅުމާއި، ލޭންޑް ސަރވޭ ހެދުމާއި، ޓޮޕޮގްރަފިކް ސަރވޭގެ މަސައްކަތް މިހާރު ނިމިފައިވާކަން މަތީން ފާހަގަކުރެއްވިއެވެ.

މަތީން ވިދާޅުވީ ޑިޒައިން ނިންމުމަށްފަހު ޔުޓިލިޓީ ރެގިޔުލޭޓަރީ އޮތޯރިޓީގެ ހުއްދަތަކާއި އީއައިއޭ ނިންމާ ޢަމަލީ މަސައްކަތް ރަށުގައި ފެށުމަށް ޝެޑިއުލްކުރެވިފައިވަނީ އަންނަ މެއި މަހުގެ ތެރޭގައި ކަމަށެވެ. މިހާރު ރަށުގައި އަޅާފައިވާ ވެކިއުމް ނިޒާމްގެ ޚިދުމަތް މެދުނުކެނޑޭނެ ގޮތަކަށް މުޅިން އައު ގްރެވިޓީ ނިޒާމެއް ޤާއިމްކުރުމަކީ ގޮން ޖެހުންތަކަކާއި ކުރިމަތިވާނެ މަސައްކަތެއް ކަމަށް ވުމާއެކު އައު ނަރުދަމާ ނިޒާމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ 2026 ގެ ފަހުކޮޅުކަމަށްވެސް މަތީން ވިދާޅުވިއެވެ.

އެމް.ޑަބް.ލިޔު.އެސް.ސީ ގެ ސްކޯޕްގެތެރޭގައި ހިމެނެނީ ގްރެވިޓީ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކަމުގައި ވުމާއެކު، އެ މަސައްކަތް ކުރިޔަށްދާ މުއްދަތުގެ ތެރޭގައިވެސް ވެކިޔުމް ސިސްޓަމް މަރާމާތުކޮށް ހިންގާ ބެލެހެއްޓުން ކުރިއަށް ގެންދާނީ ނިލަންދޫގައި މިހާރުވެސް ޔުޓިލިޓީގެ ޚިދުމަތް ފޯރުކޮށްދޭ އިދާރާތަކުންކަމަށް މަތީން ވިދާޅުވިއެވެ.

ކޮމެންޓް
ނިލަންދޫ
ހުސް ވާހަކަ. އެއްވެސް އުއްމީދެއް ނެއް. އެއްވެސް ކަމެއް ނުނިމޭ. ފެން ޕްލާންޓްގެ ކަންކަން ފެނުނު މީހަކުވެސް ކަރުނަ އަޅާނެ
01 Apr 2025
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.