ރައީސް ޑރ.މުއިއްޒު ޕޮޑްކާސްޓްގައި ވާހަކަދައްކަވަނީ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
02 Apr 2025 | 13:04
ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެވިޔަފާރިތައް ދޫކޮށްލުމަށް ރައީސް ޑރ.މުއިއްޒު ގޮވާލައްވައިފި

ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެވިޔަފާރިތައް ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑް މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ އަދުގެ ޖީލު ދުންފަތުން ދުރުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ވަރަށް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވާފައެވެ.

ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ އަޅުގަނޑުމެންގެ ޒުވާން ޖީލު ދުންފަތާ ދުރުކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ވަރަށް އެދެވޭގޮތެއްގައި ބަލައިގަނެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ.

މިގޮތުން ދުންފަތް މަނާކުރުމަށް މިހާތަނަށް އެޅުނު ފިޔަވަޅުތަކުން ނުވެސް ދަންނަ މީހުންގެ ފަރާތުން އެކަން ބަލައިގަނެ ޝުއޫރުތައް ފާޅުކުރަމުންދާކަމަށް ރައީސް ޑޜ.މުއިއްޒު ވިދާޅުވިއެވެ. ދުންފަތުގެ އަވާގައި ޖެހިފައިތިބި ދުންފަތުގެ ވަބާ ތަހައްމަލުކުރަމުންގެންދާ އާއިލާތަކުގެ އުދާސްތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ،  ފަހަރަކު ތަންކޮޅެއް ޓެކްސް ބޮޑުކޮށްގެނެއް މިކަމެއް ނުވާނޭ ކަމަށާއި، އެކަމުންވެސް އެދެވެނީ، ސިނގިރޭޓް އެތެރެކުރާ މީހުންނަށް ފުރުޞަތެއްކަމަށެވެ.

އެ މީހުން އެތަންކޮޅު އެޖަސްޓްކޮށްގެން ހަމަ ވިއްކަމުން ދާން އެ ވިޔަފާރި. އަޅުގަނޑު އެދެން، ސިނގިރޭޓް އެތެރެކޮށް، ސިނގިރޭޓް ވިޔަފާރިކުރާ މީހުން، އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކާއިގެން އުޅެން. މިއީކީ ކުރާވަރުގެ ކަމެއް ނޫނޭ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަކުޑަ ޤައުމެއް ކަމަށާއި، މިއީ މިލިއަނުން މީހުން އުޅެމުންދާ ތަނެއްވެސް ނޫންކަމަށާއި، އެވަރަކުން މިތަނުގައި ސިނގިރޭޓް ވިޔަފާރި ކުރަންވީ ކީއްވެގެންތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

އްކުރަން މިތާނގައި އެކަން ކުރަންވީކީ. އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢު ސަލާމަތްކުރިއްޔާ މާރަނގަޅެއްނު މިކަމުން

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ދުންފަތުގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މި މަސައްކަތް ފެށީ އިހްލާސްތެރިކަމާއެކު ކަމަށާއި، އަޅުގަނޑުމެންގެ ޅަދަރިން، ތުއްތުކުދިން، މި ނުރަނގަޅު އާދައިގެ ތެރެއަށް ދާން ދޫކޮށްލައިގެން ސަރުކާރެއް އޮންނަންވީ ސަބަބެއް ނުވިސްނޭ ކަމަށެވެ.

މިކަމުގައި ސަރުކާރުގެ ޒިންމާތަކެއް އޮތްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މިކަމުގައި ސަރުކާރުން އަދާކުރަންޖެހޭ ޒިންމާ އަދާނުކޮށްފިނަމަ، ދެން ފެނިގެންދާނީ އެހެން ޤައުމުތަކުގައިވެސް ކަންކަން ވަމުންދާ ބީދައިން، ޒުވާން ކުދިން ސިނގިރޭޓުގެ ތެރެއަށް ގޮސް، ނޫނީ ދުންފަތުގެ އިސްތިޢުމާލުގެ ތެރެއަށް ގޮސް، އެއިން ސަލާމަތް ނުވެގެން އުޅެންޖެހޭ މަންޒަރުކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.