ލިވަޕޫލްގެ އެންފީލްޑްގައި ރައީސް ޑރ.މުއިއްޒާއި ރާއްޖޭގެ ޓީމް... ފޮޓޯ: ރައީސް އޮފީސް
ހަބަރު
03 Apr 2025 | 09:20
ދުނިޔޭގެ އެންމެ އަޑުގަދަ އެއް ސްޓޭޑިއަމުގައި ރާއްޖެ އިސްތިހާރުކުރަން ފަށައިފި

ދުނިޔޭގެ އެންމެ އަޑުގަދަ ކަމަށް މޮޅެތި ކޯޗުން ފާހަގަކުރާ އިނގިރޭސިވިލާތުގެ މަޝްހޫރު ލިވަޕޫލްގެ ސްޓޭޑިއަމްގައި ދިވެހިރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މި ފުޓްބޯޅަ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސިކަން އިއުލާނުކުރީ މިދިޔަ މާޗްމަހުގެ 13 ވަނަ ދުވަހުއެވެ. މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ ދަނޑުގައި ރަސްމީކޮށް ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް ފަށާފައިވަނީ، ލިވަޕޫލާއި އެވަޓަންއާ ބައްދަލުކުރި މެޗުންނެވެ.

ލިވަޕޫލްގެ ދަނޑުގައި ރާއްޖެ އިސްތިހާރުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމްއެމްޕީއާރުސީގެ  އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ އެންމެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ އެންފީލްޑް ދަނޑުގެ ޕިޗް ވަށައިގެން ޖަހާފައިހުރި ލެޑް އިސްތިހާރު ބޯޑުތަކުގައި ވިސިޓް މޯލްޑިވްސްގެ އިސްތިހާރުތައް ދައްކާނެއެވެ. މީގެ އިތުރުންވެސް ލިވަޕޫލްގެ އިތުރު ޕްލެޓްފޯމްތަކުގައި ރާއްޖެ އިސްތިހާރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޑރ. މުއިއްޒު އާއި ބައެއް ވަޒީރުން އެންފީލްޑްގައި... ފޮޓޯ: ރައީސް އޮފީސް

އިނގިރޭސި ޕްރިމިއާ ލީގްގެ އިތުރުން ލިވަޕޫލަކީ މުޅި ދުނިޔެއަށް ބަލާއިރުވެސް އެންމެ ސަޕޯޓަރުން ގިނަ އެއް ޓީމެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ލިވަޕޫލްގެ ސަޕޯޓަރުންގެ އަދަދު 500 މިލިއަނަށް އަރައެވެ. ލިވަޕޫލްގެ ސްޓޭޑިއަމް އެންފީލްޑަށް ބަލާއިރު، ފުޓްބޯޅައިގެ އެންމެ ކާމިޔާބު އަދި ފުންނާބު އުސް ކޯޗުންކަމަށްވާ ގާޑިއޯލާ، އާސެން ވެންގާ އަދި ސަރ އެލެކްސް ފާގަސަން ފާހަގަކުރާ ގޮތުގައި އެންފީލްޑަކީ ސަޕޯޓަރުންގެ އަގު އެންމެ އަޑުގަދަ އެއް ސްޓޭޑިއަމެވެ. އެއީ އެހެންޓީމްތަކަށް ލިވަޕޫލް ބަލިކުރަން އެންމެ އުނދަގޫވާ އެއް ސަބަބުކަމަށް ކޯޗުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން އެމްއެމްޕީއާރުސީން ބުނެފައިވަނީ، މި ޕާޓްނާޝިޕްގެ ޒަރިއްޔާއިން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަގްވާމީ އޯޑިއަންސުން ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށެވެ. އަދި ކްލަބުގެ މަގުބޫލުކަމުގެ ބޭނުންހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެ އެވެ. މި އެއްބަސްވުމުގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.