ކުރީގެ ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ފައްޔާޒް
ހަބަރު
05 Apr 2025 | 16:24
އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅުން: ނަޝީދު

އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ޑިމޮކްރެޓްސް އަލުން ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ނަޝީދު މިމޭރުމުން ޕޯސްޓެއް މި ކުރެއްވީ ދެން އަންނަ ރިޔާސީ އިންތިހާބެއްގައި އެމްޑީޕީގެ ޓިކެޓް ރަައީސް ސޯލިހަށް ހޯދާ ދިނުމަށް އެ ޕާޓީގެ މެންބަރުން ކެމްޕެއިނެއް ފަށާފައި ވަނިކޮށެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރައްވަން ނިންމެވި ކަމަށް ވެސް އަޑުތައް ގަދަވެފައިވެ އެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއާ އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ގުޅުން ކަމަށެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި މިވަގުތު ރާއްޖެ އަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީއާ ޑިމޮކްރެޓްސް ގުޅުން

ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގައި ބައިބައިވުން އުފެދުނީ އެންމެ ފަހުން އޮތް ރިޔާސީ ޕްރައިމަރީގަ އެވެ. އެ ޕްރައިމަރީގައި ރައީސް ސޯލިހާއި ރައީސް ނަޝީދު ވާދަ ކުރެއްވި އެވެ. ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ.

ފަހުން ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އޭގެ ކުރީން އެމަނިކުފާނުގެ އެންމެ އަރިސް ވަފާތެރި މެންބަރުން އެމްޑީޕީން ވަނީ ވަކިވެފަ އެވެ.

އަދި ދަ ޑިމޮކްރެޓްސް ނަމުގައި ޕާޓީއެއް އުފެއްދި އެވެ. އެ ޕާޓީއާ ގުޅިވަޑައިގެން ރައީސް ނަޝީދު ވަނީ އެމްޑީޕީ ރޫޅާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ދަ ޑިމޮކްރެޓްސްއަށް ސިޔާސީ މައިދާނުގައި މާބޮޑު ކާމިޔާބެއް ނުހޯދުނެވެ.

އެކަމަކު ރިޔާސީ އިންތިހާބުގައި އެ ޕާޓީން ރަނގަޅު އަދަދެއްގެ ވޯޓް ހޯދާ ރައީސް ސޯލިހްގެ ވެރިކަން ނިމުމަކަށް ގެނައުމުގައި މުހިންމު ދަައުރެއް އަދާކުރި އެވެ. އެކަމުގެ ސަބަބުން ދެ ޕާޓީގެ މެދުގައި އޮތް ސިޔާސީ ވާދަވެރިކަން އިތުރުވި އެވެ.

ފަހުން ޑިމޮކްރެޓްސްގެ ބައެއް އިސްވެރީން ވަނީ އެ ޕާޓީގައި މުސްތަގުބަލެއް ނެތް ކަމަށް ވިދާޅުވެ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

މި ވަގުތަކީ އެމްޑީޕީގައި ސިޔާސީ ހަލަބޮލި ކަމެއް ހިނގައިގެންފާނެ ވަގުތެއް ކަމަށް ބެލެވެ އެވެ. އަޑުތައް ހުރި ގޮތުން ރައީސް ސޯލިހް ބޭނުންފުޅުވަނީ ކުއްލި ކޮންގްރެސްއަކުން މުހިންމު ނިންމުންތަކެއް ނިންމަވާށެވެ. ނަމަވެސް ޗެއާޕާސަން ފައްޔާޒް އިސްމާއީލް އާއި ރައީސް ޝަހީދު އެކަމާ ދެކޮޅު ހައްދަ އެވެ.

މި އަޑުތަކުގެ ހަގީގަތެއް އެ ތިން ބޭފުޅުން އަދި ސާފުކޮށެއް ނުދެއްވަ އެވެ.

ކޮމެންޓް
ޖާނޭ
އެއްގޮތަކަށްވެސް އެމްޑީޕީއަށް އަންނިސޮރު ނުވަށްދާތި ވެރިކަންނުލިބުނަސް
05 Apr 2025
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.