ޑރ. އަހްމަދު ޝަމްހީދު
ހަބަރު
05 Apr 2025 | 20:53
ވާދަ ބޮޑުވަނީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ޑރ. ޝަމްހީދު

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ކުރީގެ ޓްރާަސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދު ފާޅު ކުރައްވައިފި އެވެ.

އެކަމުގެ ޝައުގުވެރިކަމާއި އެކަމާއި ގުޅޭ މަޝްވަރާތައް ފެށުމަށް ގަސްތު ކުރައްވާ ކަމަށް ޝަމްހީދު ވަނީ ޔަގީން ކޮށް ދެއްވާފަ އެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ޝަމްހީދު ވަނީ އެ މަސައްކަތުގައި އެހީތެރި ކަމަށް އެދި ޕާޓީގެ ބައެއް މެންބަރުންނަށް މެސެޖެއް ވެސް ކުރައްވާފަ އެވެ.

ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން އެމްޑީޕީގެ ޓިކެޓް ހޯދުމަށް ރިޔާަސީ ރޭހަށް ޝަމްހީދު ނިކުންނަވާނެ ކަމުގެ އަޑުތައް އޮތްތާ ދުވަސްތަކެއް ވެއްޖެ އެވެ.

މި ދުވަސްވަރަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާހަކަ ވަރަށް ބޮޑަށް ދެކެވޭ ދުވަސްވަރެކެވެ. 

ދެން އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ރަައީސް ސޯލިހަށް ހޯދާ ދިނުމަށް އެ ޕާޓީގެ މެންބަރުން ކެމްޕެއިނެއް ވަނީ ފަށާފަ އެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވާދަކުރައްވަން ނިންމެވި ކަމަށް ވެސް އަޑުތައް ގަދަވެފައިވެ އެވެ.

ޝަމްހީދު ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޓްރާަސްޕޯޓް މިނިސްޓަރު ކަން ކުރައްވާފަ އެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ކުރީން ޝަމްހީދަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.