މާވަށަށް ގެންދިޔަ އިންޖީނު ބެހެއްޓުމުގެ މަސައްކަތް ކުރަނީ.. ފޮޓޯ: ފެނަކަ
ހަބަރު
06 Apr 2025 | 09:44
މާވަށަށް ކަރަންޓް ދިނުމަށް އައު އިންޖީނެއް ގެންގޮސް ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ލ.މާވަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެރަށަށް އައު އިންޖީނެއް ގެންގޮސް އެ އިންޖީނު ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ފެނަކައިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، މާވަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމުގެ ގޮތުން ކެޕޭސިޓީ އިތުރުކުރުމަށް އެރަށަށް 800ކވ ގެ އައު އިންޖީނެއް ގެންގޮސްފައިވާކަމަށެވެ.

އިންޖީނު ބެހެއްޓުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި، ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންޖީނު އިންސްޓޯލްކުރުމުގެ މަސައްކަތް މުޅިން ނިންމާލައި ހިދުމަތްދޭން ފަށާނޭކަމަށް ފެބަކައިން ބުންޏެވެ.

މާވަށުގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް އެރަށަށް އައު އިންޖީނެއް ގެންގޮސް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާއިރު ސަރުކާރުން މިހާރުވެސް ވަނީ މާވަށުގައި ސޯލާރ ޕީވީ ނިޒާމް ޤައިމްކުރުމުގެ މަސައްކަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށާފައެވެ. މާވަށުގައި 15 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. 

މި މަސައްކަތްކުރާނޭ ކޮންޓްރެކްޓަރަކު ހޮވުމުގެ މަސައްކަތް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކުރެވިގެންދާނޭކަމަށް ތިވާމެއްޓާބެހޭ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.
29 Jul 2026
ސަރުކާރުން ޝޯވ ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް
އޮސްޓްރޭލިއާގެ ބޭންޑެއް ކަމަށްވާ 'ބިޔޯން އަގެއިން' އިން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައި އޮތް މިއުޒިކް ޝޯ ސަރުކާރުން ކެންސަލްކުރިކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.