ދ.މީދޫ ފުޓްސަލްދަނޑު ހުޅުވުމުގެ ގޮތުން ކުޅުނު މެޗެއް ފެށުމުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
06 Apr 2025 | 10:27
ދެމެހެއްޓެނިވި ގޮތުގައި ސުލްހަ ކުރިއެރުވުމަށް ކުޅިވަރުގެ ދައުރު ފުޅާކުރުމަކީ އަމާޒެއް: ޜައީސް ޑރ.މުއިއްޒު

ދެމެހެއްޓެނިވި ގޮތުގައި ސުލްހަ ކުރިއެރުވުމަށް ކުޅިވަރުގެ ދައުރު ފުޅާކުރުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީގޮތުން ދުނިޔޭގައި މިއަދު ފާހަގަކުރަމުންދާ "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" ދުވަހާ ގުޅިގެން މީސްމީޑިއާގެ ވަސީލަތްތަކުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒުި ވިދާޅުވީ، ސުލްހަ ކުރިއެރުވުމަށް ވަރުގަދަ ވަސީލަތެއްގެ ގޮތުގައި ކުޅިވަރު ހެދުމަކީ އެމަނިކުފާނުގެ އަމާޒުކަމަށެވެ. ރައީސް ވިދާޅުވީ މި އަމާޒަށް ވާސިލުވުމަށްޓަކައި ކުޅިވަރުގެ ދައުރު ހަރުދަނާކުރުމަކީވެސް އަޒުމެއްކަމަށެވެ.

އެގޮތުން އެ އަމާޒަށް ވާސިލްވުމަށްޓަކައި އެ މަސައްކަތުގައި ބައިވެރިވާ ހަމަ މުޖުތަމައުއެއް ޤާއިމްކުރުމަކީވެސް ގެންގުޅުއްވާ ތަސައްވުރެއްކަމަށްވެސް ރައީސްގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.

މި ޕޯސްޓްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވަނީ، ކުޅިވަރުގެ ދައިރާ ހަރުދަނާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން އެ ދާށއިރާ ކުރިއެރުވުމަށްޓަކައި 20 އަހަރުގެ ނެޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަމަށެވެ. މިއީ ހަމަ ކޮންމެ މީހަކަށްމެ ކުޅިވަރުގެ މައިދާނުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޭޕްރިލްމަހުގެ 6 ވަނަ ދުވަސް "އިންޓަރނޭޝަނަލް ޑޭ އޮފް ސްޕޯޓް ފޯ ޑިވެލޮޕްމަންޓް އެންޑް ޕީސް" ދުވަހުގެ ގޮތުގައި ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.