ސިއްޙަތާ ބެހޭ ވަޒީރު އަބްދުالله ނާޡިމް:ފޮޓޯ/ ސިއްޙީ ވުޒާރާ
ހަބަރު
07 Apr 2025 | 12:51
މައިންނާއި ތުއްތު ކުދިންނަށް ދެވޭ ޚިދުމަތްތަކުގެ ރެކޯޑްތައް ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބަލަހައްޓަންފަށަނީ!

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ޚިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާއެކު ބަލަހައްޓައި، އެމަޢުލޫމާތު ފަސޭހަކަމާއެކު ދުވަހުންދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާ ކަމަށް ސިއްޙަތާ ބެހޭ ވަޒީރު އަބްދުالله ނާޡިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ސިއްޙަތުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ، ކުޑަކުދިންގެ ނިޔުޓްރިޝަން ޙާލަތު މިހާރަށްވުރެވެސް ރަނގަޅު ކުރުމަށް ސިއްޙީ ޚިދުމަތްތެރިންނާއި ކުދިންގެ މައިންބަފައިން އަހުލުވެރި ކުރުވުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

އެގޮތުން ދުޅަހެޔޮ ސިއްޙަތަކަށް މަސައްކަތް ކޮށްދިނުމުގެ ގޮތުން، ޙަޔާތުގެ ފުރަތަމަ 1000 ދުވަހަށް އަމާޒުކޮށްގެން ތަންފީޒުކުރަމުންދާ ”ސޯޝަލް ބިހޭވިޔަރ ޗޭންޖު ކޮމިޔުނިކޭޝަން ސްޓްރެޓެޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. 

މި ސްޓްރެޓެޖީގެ ދަށުން އާއްމު ކުރެވިފައިވާ ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ އާއި ރެސިޕީތަކުގެ މައުލޫމާތު ބޭނުން ކުރުމަށާ، ޅަފަތުގައި ދިނުމަށް ތާވަލް ކުރެވިފައިވާ ވެކްސިންތައް ޤަވާޢިދުން ދިނުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި ޚިދުމަތްތަކުގެ ރެކޯޑްތައް ހަރުދަނާކަމާއެކު ބަލަހައްޓައި، އެމަޢުލޫމާތު ފަސޭހަކަމާއެކު ދުވަހުންދުވަހަށް އަދާހަމަކުރުމަށްޓަކައި ޑިޖިޓަލް ޕްލެޓްފޯމުތަކުގައި ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުން ފަށާފައުވާކަންވެސް މި ފުރުސަތުގައި ފާހަގަކޮށްލަން. މިގޮތުން ޚިދުމަތްދޭ ފަރާތްތަކާއި، ޚިދުމަތް މޮނީޓަރ ކުރާ ފަރާތްތަކަށްވެސް އެއް ނެޓްވޯކެއްގެ ތެރެއިން ފަސޭހައިން މައުލޫމާތު އަދާހަމަ ކުރުމަށް ބޭނުންކުރާ އޮންލައިން ޕޯޓަލްގެ ތެރެއަށް ނެޝަނަލް އިމިޔުނައިޒޭޝަން މޮޑިޔުލްއާއި، ޗައިލްޑް ނިޔުޓްރީޝަން ގްރޯތް އެންޑް ޑިވެލޮޕްމަންޓް މޮޑިއުލް ތަޢާރަފްކޮށް މިހާރުދަނީ ބޭނުން ކުރެވެމުން

ސިއްޙަތާ ބެހޭ ވަޒީރު އަބްދުالله ނާޡިމް 

މީގެ އިތުރުން މާބަނޑު ދުވަސްވަރު ދެވޭ ޚިދުމަތްތަކަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ މެޓާނަލް ހެލްތު މޮޑިޔުލް މުރާޖަޢާކުރުމުގެ މަސައްކަތްތައް މިހާރު ލުރެވެމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ، މުސްތަގުބަލުގައި މައިންނާއި ތުއްތު ކުދިންނަށް ލިބޭ ފަރުވާއާއި، ޚިދުމަތްތަކުގެ ރިކޯޑްތަކާއި، ސިއްހީ މައުލޫމާތުތައް ޚިދުމަތް ހޯދާ އާއްމު ފަރާތްތަކަށްވެސް، މޯލްޑިވްސް އިންޓަގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް މެދުވެރިކޮށް ބެލޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ. 

އެއީ ރައްކާތެރި މައިވަންތަކަމާއި، ތުއްތު ދަރިފުޅުގެ ދުޅަހެޔޮ ސިއްޙަތަކަށް ވާސިލްވުމަށް މައިންބަފައިން ބާރުވެރިކޮށް، އެމީހުންގެ ދައުރު ހަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް އެކަން ވެގެންދާނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ