ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފް: އަލުން ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފައި
ހަބަރު
07 Apr 2025 | 14:41
ޑިމޮކްރެޓްސް ހިތްހަމަނުޖެހުނަސް އެ ޕާޓީއަށް ވެރިކަމަށް އާދެވޭނެ ގޮތެއް ނެތް: ހަސަން

ދަ ޑިމޮކްރެޓްސްއިން ތެރެއިން ސަރުކާރެއް އުފައްދައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތެއް ނެތް ކަަމަށް ވިދާޅުވާ ވިދާޅުވުން އެ ޕާޓީގެ ކުރީގެ ރައީސް ހަސަން ލަަތީފް އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި އެވެ.

ހަސަން މި ވާހަކަ ތަކުރާރު ކުރެއްވީ ކުރީގެ ވާހަކަތައް ހިއްސާކުރައްވާ އެކްސް ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ޑިމޮކްރެޓްސްއިން ތެރެއިން ސަރުކާރެއް އުފައްދައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ފުރުސަތެއް ނެތް ކަަމަށް މީގެ ތިން މަސް ކުރީން އޭނާ ވިދާޅުވި ވިދާޅުވުން ތަކުރާރު ކުރައްވާ ހަސަން ވިދާޅުވީ ޑިމޮކްރެޓްސްގެ ބައެއް ބޭފުޅުން ކުޑަކޮށް ހިތްޕުޅުހަމަޖެހިވަޑައި ނުގެންނެވި ނަމަވެސް، އަނެއްކާވެސް ދަންނަވަން އޮތީ އެ ވާހަކަ ކަމަށެވެ.

ހަސަން މި ވާހަކަ ތަކުރާރު ކުރައްވާފައި މިވަނީ އެމްޑީޕީއާ ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތަކީ ޑިމޮކްރެޓްސްއާ އެމްޑީޕީ ގުޅުން ކަމަށް ޑިމޮކްރެޓްސްގެ ބާނީ, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނިކޮށެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅަށް ޑިމޮކްރެޓްސްގެ އިސްވެރީން ތާއީދު ކުރައްވާފައި ވަނިކޮށެވެ.

އެމްޑީޕީގެ ބައެއް އިސްވެެރީން ވެސް ވަަނީ އެ ވާހަކަފުޅަށް ތާއީދު ކުރައްވާފަ އެވެ. ނަމަވެސް ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ އިސްވެރީންނަށް މަރުހަބާ ކިޔަން ބައެއް ބޭފުޅުން ތާއީދެއް ނުކުރައްވަ އެވެ. އަދި ވިދާޅުވީ ޑިމޮކްރެޓްސް އަކީ އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލުވާލާ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ލިބުމަށް ހުރަސް އެޅި ޕާޓީއެއް ކަަމަށެވެ.

ކޮމެންޓް
އިއްބެ
ކަލޭމިހުރިހައިނުބައިހެދިއިރަކު ތިޔަގޮތެއްނޭންގުނެއްނޫންތަ އެކަމަކުމިހާރުއެނގިއްޖެތަ
07 Apr 2025
ހުސޭނުބެ
ގެޓް ލޮސްޓް އަންނި!
07 Apr 2025
ގުޅޭ ލިޔުންތައް
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.