ދިއްދޫގައި ގާއިމުކޮށްފައިވާ ލޮނު އުފައްދާ ފެކްޓްރީ -- ފޮޓޯ: ދިއްދޫ ކައުންސިލް
ހަބަރު
07 Apr 2025 | 15:19
ރާއްޖޭގައި ލޮނު އުފައްދަން ފަށައިފި، ތާރީހީ ދުވަހެއް

ރާއްޖޭގައި ކައްކާ ލޮނު އުފައްދާ ފެކްޓްރީއެއް ހުޅުވާ ލޮނު އުފެއްދުމުގެ މަސައްކަތް ފަށާ ތާރީހުން ޖާގަ ހޯދައިފި އެވެ.

ލޮނު އުފައްދާ ފެކްޓްރީ ހުޅުވީ ތިލަދުންމަތީ އުތުރުބުރީ ދިއްދޫގަ އެވެ. މި މަސައްކަތް ކުރަނީ އެމްޑީޕް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ.

މިއީ ޖަޕާނުގެ ކުންފުންޏަކާ ދިވެހި ކުންފުންޏެއް ގުޅިގެން އުފައްދާފައިވާ ކުންފުންޏެކެވެ. 

އެ ކުންފުނިން ބުނި ގޮތުގައި ލޮނު އުފެއްދުމުގެ މަސައްކަތް ފެށީ އެކަމާއި ގުޅޭ ހާއްސަ ދިރާސާތަކަކަށް ފަހު އެވެ. އެ ދިރާސާތައް ޖަޕާނުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެމްޑީޕް އިންވެސްޓްމަންޓުން ބުނި ގޮތުގައި ރާއްޖޭގެ ކަނޑުތަކުގައިވާ ލޮނު ފެނަކީ ކޮލެޓީ ފެނެކެވެ. އަދި ސިއްހަތަށް ފައިދާ ހުރި މާއްދާތަކުގެ މިންވަރު ވެސް ރާއްޖެ ސަރަހައްދުގައިވާ ކަނޑުގެ ލޮނުގައި މައްޗެވެ.

ބޭރު ގައުމެއްގައި ލޮނު އުފެއްދުމުގެ މަސައްކަތް ކުރަނީ

އެ ކުންފުނިން, ކައްކާ ލޮނުގެ އިތުރުން އެހެން ބައެއް ބާވަތްތަކުގެ ލޮނު ވެސް އުފައްދާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ފެކްޓްރީގެ މަސައްކަތް ފުޅާކޮށް ރަށްތަކާއި ރިސޯޓްތަކަށް ވެސް ފޯރުކޮށްދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

މި މަސައްކަތް ފެށުމާއި ގުޅިގެން މިނިސްޓަރު މުހައްމަދު ސައީދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ފަދަ މަސައްކަތްތަކަށް ދައުލަތުން އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ރާއްޖޭގައި މި ފަސް އަހަރުތެރޭ ލޮނު އުފައްދަން ފަށާނެ ކަމަށް މިނިސްޓަރު ސައީދު ކުރީން ވެސް ވަނީ ވިދާޅުވެފަ އެވެ. މިއީ ކުރީގެ ސަރުކާރުތަކުން ވެސް ދައްކާފައިވާ ވާހަކަ އެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.