އެމްޓީސީސީން ތަމްރީނުކުރި ބައެއް މީހުން... ފޮޓޯ: އެމްޓީސީސީ
ހަބަރު
07 Apr 2025 | 18:56
މަސައްކަތުގެ މައިދާނަށް ތަމްރީނުވުމަށް އެމްޓީސީސީއާ ގުޅުމުގެ ފުރުސަތު ހުޅުވާލައިފި

މަސައްކަތުގެ މައިދާނަށް ދިވެހިން ތަމްރީނުކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ ހުނަވަރު ޕްރޮގާރާމުގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އެމްޓީސީސީން މިއަދު އާއްމުކުރި އިއުލާނެއްގައި ބުނެފައިވަނީ ހުނަވަރު ޕްރޮގްރާމުގެ ދަށުން ކޮންސްޓްރަކްޝަން އެންޑް ޑްރެޖިން ޑިވިޜަނުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެމްޓީސީސީން ނިންމާފައިވަނީ މިފަހަރުގެ ޕްރޮގްރާމުގައި  ބައިވެރިންނަށް ފުރުސަތުދޭށެވެ. ޖުމްލަ 3 މަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގަިއ މަސައްކަތްކުރަންޖެހޭނީ ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރުއެވެ. އެލަވަންސްގެ ގޮތުގައި ކަނޑައަޅާފައިވަނީ 5،000 ރުފިޔާއެވެ.

ޕްރޮގްރާމުގެ ޝަރުތަކަށް ސައިންސް ސްޓްރީމުން އޯލެވެލް ފުރިހަމަ ކޮށްފައިވާންޖެހޭއިރު، މަސައްކަތަށް ޝައުގުވެރިކަން ހުރުމާއި، ދާއިރާގެ އައު ހުނަރު ދަސްކުރުމަށް ޝައުގުވެރިކަން ހުންނަންޖެހެއެވެ.އެމްޓީސީސީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ އެޕްރީލްމަހުގެ 10 ވަނަ ދުވަހުގެ 23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންޖެހޭނޭ ކަމަށެވެ. 

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމް ފަރުމާކޮށްފައިވަނީ 3 މަސް ދުވަހުގެ ތަމްރީން ފުރިހަމަކުރުމަށްފަހު، އެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކުރާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ކަށަވަރުވާ ގޮތަށެވެ. އެމްޓީސީސީގެ އެކި ޑިޕާޓްމަންޓްތަކުގައި މިހާރުވެސް ހުނަވަރު ޕްރޮގްރާމުން ތަމްރީނުވެފައި ތިބި މީހުން ތިބިކަން ފާހަގަކޮށްލެވެއެވެ.

އެމްޓީސީސީއަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތްދޭ އެއް ކުންފުންޏެވެ. ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށި ކުންފުންޏަކީވެސް އެމްޓީސީސީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ