ގެއެއްގެ ވެރިމީހާއަށް އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން: ފޮޓޯ/ ޕޮލިސް
ހަބަރު
08 Apr 2025 | 10:38
ގެއެއްގެ ވެރިމީހާއަށް ބިރުދައްކައި، އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި މީހުން ކޯޓުން ދޫކޮށްލައިފި

މާލޭގެ ގެއެއްގެ ވެރިމީހާއަށް ބިރުދައްކައި، އަނިޔާކުރި މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރުތުތަކަކާއެކު ކޯޓުން ދޫކޮށްލައިފި އެވެ.

ނިމިދިޔަ ރަމަޟާން މަހުގެ ތެރޭގައިފެންމަތިވި މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ؛

- އަލީ ނަވާފު (21 އަހަރު) - ފަޒާ، ތ. ގުރައިދޫ

- މުހައްމަދު އަޒާން (23 އަހަރު) - ހަވޭލީ، ނ. މަނަދޫ

- އިބްރާހިމް އަހްނަފް (21 އަހަރު) - އެލަސް، ނ. ވެލިދޫ

- މުހައްމަދު އަފްލާހު (23 އަހަރު) - ރީތިހިޔާ، އއ. މާޅޮސް

އެ ހަތަރު މީހުން، ގޭގެ ވެރިފަރާތަށް އަނިޔާކުރާ މަންޒަރުގެ ވީޑިއޯ މީސް މީޑިއާގައި އާއްމުވެފައިވާއިރު، ވީޑިއޯއިން ފެންނަ ގޮތުން، ގޭގެ ވެރިމީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އެކަކު ހިފަހައްޓައިގެން ހުންނައިރު އިތުރު މީހަކު ރޯކޮށްފައި އޮތް ސިނގިރޭޓެއް އެ މީހާގެ ގައިގައި ޖައްސާތަން ފެނެ އެވެ. އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން ޖަހަންވެސް އުޅެ އެވެ.

އެ ވީޑިއޯ އާއްމު ވުމާއެކު ފުލުހުން ވަނީ އެ ހަތަރު މީހުން ހޯދައި ހައްޔަރުކޮށްފަ އެވެ.

އެ މީހުންގެ ބަންދު އަމުރުގައި ވާގޮތުން، އެ ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ދައުލަތުން ކޯޓުގައި ވަނީ އެދިފައެވެ. ނަމަވެސް ކޯޓުން ނިންމީ ޝަރުތު ތަކާއެކު އެމީހުން ދޫކޮށްލަން ހުކުމް ކޮށްފައެވެ.

އެ ހަތަރު މީހުން ކޯޓުން ދޫކޮށްލަން ނިންމާފައިވަނީ ގާޒީ އިބްރާހިމް އިހްސާން އެވެ. އެފަދައިން ނިންމާފައިވަނީ، މައްސަލައިގެ ހެއްކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ މިންވަރަށް ހެކި ހުށަހަޅާފައި ނުވާތީ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ބަންދު އަމުރުގައިވާގޮތުން، އެ މީހުން އެ ތަނަށް ދިޔައީ އެއީ ރައްޓެއްސަކު ހިފާފައިވާ ތަނަކަށްވާތީ އެތަން ސާފުކޮށްދިނުމަށް ކަމަށް އެމީހުން ވަނީ ކޯޓުގައި ބުނެފައެވެ. އަދި އެއްވެސް އެއްޗަކަށްވެސް ގެއްލުން ދީފައި ނުވާނެ ކަމަށް އެ މީހުންނާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

ކޮމެންޓް
ތިމަންނަ
އެމީހުން ދޫކޮށްލި މީހާ ހުރީ ހަމަހޭގަތޯ ؟؟؟؟؟؟؟
08 Apr 2025
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.