ގެވެށި އަނިޔާ: ފޮޓޯ/ ގޫގުލް
ހަބަރު
08 Apr 2025 | 12:50
މިދިޔަ އަހަރު އެފްޕީއޭއަށް ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން އެންމެ ގިނައީ ފިރިމީހާ އަނިޔާކުރުމުގެ މައްސަލަ

މިދިޔަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭއަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެތެރޭގައި އެންމެ ގިނައީ، ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރު ޖުމްލަ 722 މައްސަލައެއް އެ އޮތޯރިޓީއަށް ހުށައަޅާފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ ގްރޭޓަރ މާލެ އޭރިއާއިންނެވެ. އެއީ 618 މައްސަލައެވެ.

ތަފާސްހިސާބުތަކުގައިވާގޮތުން 2023 ވަނަ އަހަރު 614 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އެހެންކަމުން މިދިޔަ އަހަރު އޭގެ ކުރިއަށްވުރެ 108 މައްސަލަ އިތުރަށް ހުށަހަޅާފައިވެއެވެ. 

މީގެ އިތުރުން، އެ އޮތޯރިޓީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން، ކައިވެނި ކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހާގެ ފަރާތުން އަނިޔާ ލިބިގެން 423 މައްސަލައެއް ހުށައަޅާފައިވެއެވެ. މީގެ ތެރެއިން %89 މައްސަލަ ހުށައަޅާފައިވަނީ ފިރިހެނެއް އެ މީހެއްގެ އަންހެނުންނަށް ނުވަތަ ލޯބިވެރިޔާއަށް ނުވަތަ ކުރީގެ ބައިވެރިޔާއަށް ގެވެށި އަނިޔާކޮށްގެންނެވެ. އަދި އަނެއް %11 އަކީ އަންހެނަކު އޭނާގެ ބައިވެރިޔާއަށް އަނިޔާކުރި މައްސަލައެވެ.

ގެވެށި އަނިޔާއާއި ގުޅޭ ތާވަލެއް: ފޮޓޯ/ އެފްޕީއޭ

މި މައްސަލަތަކުގައި އަނިޔާކޮށްފައިވާ މީހުންގެ ތެރެއިން، %54 އަކީ އިނދެގެން އުޅޭ ފިރިމީހާއެވެ. އަނެއް %27 މައްސަލަތަކުގައި އަނިޔާ ލިބިފައިވަނީ ކުރީގެ ފިރިމީހާގެ ފަރާތުންނެވެ.

މީގެ އިތުރުން ދެވަނައަށް އެންމެ ގިނައިން އަނިޔާ ލިބިގެން ހުށައަޅާފައިވަނީ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުންނެވެ. މިފަދަ 305 މައްސަލަ ހުށައަޅާފައިވެއެވެ.

އެއަށްފަހު ދެން އެންމެ ގިނައިން ހުށަހެޅިފައިވަނީ، ނަސަބުގެ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ގުޅިފައިވާ ފަރާތްތަކުން އަނިޔާކުރި މައްސަލައެވެ. އެފަދަ 256 މައްސަލަ ވަނީ ހުށަހަޅާފައެވެ.

ގެވެށި އަނިޔާގެ ޢަމަލުތަކުގެ ބާވަތްތައް:

• ޖިސްމާނީ އަނިޔާކުރުން: 472 މައްސަލަ ހުށައަޅާފައިވޭ

• ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުން: 512 މައްސަލަ ހުށައަޅާފައިވޭ

• ބިރުދެއްކުން: 292 މައްސަލަ ހުށައަޅާފައިވޭ

• ގެވެށި އަނިޔާކުރާ ތަން ކުޑަކުއްޖަކަށް ގަސްދުގައި ދެއްކުން ނުވަތަ އެފަދަ ޙާލަތަކަށް ކުއްޖާ ހުށައެޅުން: 199 މައްސަލަ ހުށައަޅާފައިވޭ

• މުދަލަށް ގެއްލުންދިނުން: 131 މައްސަލަ ހުށައަޅާފައިވޭ

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.