މަންފާ ޖަމިއްޔާ އިން ވަނީ ކުޅިވަރު އެކަޑަމީއެއް އުފައްދަން ނިންމާފައި
ހަބަރު
08 Apr 2025 | 14:47
އަލީ ރަމީޒުގެ "މަންފާ" އިން ކުޅިވަރު އެކަޑަމީއެއް، އަމާޒަކީ ދީނީ މިންގަނޑުގެ ތެރެއިން ކުޅިވަރު ކުރިއެރުވުން

ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އެކި މަސައްކަތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރަމުންދާ އަލީ ރަމީޒުގެ "މަންފާ" ޖަމިއްޔާ އިން ކުޅިވަރު އެކަޑަމީއެއް އުފައްދަން ނިންމާ އެ މަސައްކަތް ފަށައިފި އެެވެ.

ދިވެހި ފުޓްބޯޅައިގެ ލެޖެންޑް އަލީ އަޝްފާގު އާއި ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އަދި ފުޓްބޯޅަ ކޯޗު އަލީ ނިސްތާރު މުހައްމަދު އާއެކު ރޭ ބޭއްވި ބައްދަލްވުމަކަށް ފަހު އެ ބޭފުޅުންނާއެކު ނަގާފައިވާ ފޮޓޯއެއް އަލީ ރަމީޒު ވަނީ ހިއްސާކޮށްފަ އެވެ.

އަދި ވިދާޅުވީ އޭނާގެ މަންފާ ޖަމިއްޔާ އިން ކުޅިވަރު އެކަޑަމީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަލީ ވިދާޅުވި ގޮތުގައި އެ މަސައްކަތުގައި އިސްކޮށް ހުންނާނީ ކޯޗް ސާޖިދު އެވެ. ސާޖިދު ވިދާޅުވީ އެ އެކަޑަމީ ވެގެން ދާނީ ދީނީ މިންގަނޑުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކުރާނެ އެކަޑަމީ އަކަށެވެ.

އަދި ހުރިހާ ކުޅިވަރުތަކަށް ވެސް އެކަޑަމީން ފޯކަސް ކުރާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ފުރަތަމަ ފަށައި ގަންނާނީ ދިވެހީންގެ މެދުގައި އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތް ތިން ކުޅިވަރު ކަމަށްވާ ފުޓްބޯޅަ އާއި ވޮލީ ބޯޅަ އަދި ފުޓްސެލް އިންނެވެ.

މަންފާ އަކީ ދާދި ފަހުން އުފެއްދި ޖަމިއްޔާ އެކެވެ. ނަމަވެސް މިދިޔަ ކުރު މުއްދަތުގެ ތެރޭގައި އެ ޖަމިއްޔާ އިން ވަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް