Advertisement

އެމްޓީސީސީގެ ބޯޑަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރަކު އައްޔަނުކޮށްފި

އެމްޓީސީސީ ޓަވަރު

ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރަކު އައްޔަނުކޮށްފިއެވެ.

އެމްޓީސީސީގެ ބޯޑަށް އައު ޑިރެކްޓަރަކު އައްޔަނުކުރިކަން ސަރުކާރު ކުންފުނިތަކުގެ ބަލަދުވެރިފަރާތް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ޔަގީންކޮށްދީފައެވެ. ޕީސީބީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެމްޓީސީސީގެ  ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް، ހުޅުމާލެ، ހިޔާ, 8-01-04  ޔާސީން ޙުސައިން މިއަދު އައްޔަނުކޮށްފައިވާކަަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ޕީސީބީއަކުން ނުދެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement