ދަތުރުވެރިންގެ މާރުކެޓް ސަރަހައްދުގައި ބިދޭސީންތަކެއް ދޯންޏަށް މުދާ އެރުވުމުގައި.. ފޮޓޯ: ވޮއިސް
ހަބަރު
09 Apr 2025 | 13:11
ބިދޭސީންނާ ގުޅުންހުރި ފީތަކުން އަދިވެސް 900 މިލިއަން ރުފިޔާ ނުލިބި އެބައޮތް: ދާހިލީ ވުޒާރާ

ބިދޭސީންނާ ގުޅުންހުރި ފީތަކުން ދައުލަތަށް އަދިވެސް 900 މިލިއަނެއްހާ ރުފިޔާ ނުލިބި އެބައޮތްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ، އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު، ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއްދީގެން ފަށާފައިވާކަމަށެވެ. މިކަން ފެށިއިރު، ބިދޭސީންނާ ގުޅުންހުރި ފީތަކުން 1.7 ބިލިއަން ރުފިޔާ ނުލިބި އޮތްކަން ފާހަގަކުރައްވަމުން މަޖީދު ވިދާޅުވީ، މިހާރު އެއަދަދު ކުޑަކުރެވިފައިވާކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން 1.1 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރާ ޤައުމު ހިންގަން ހަވާލުވިއިރު ބިދޭސީންގެ ފަރާތުން ދައްކަންޖެހޭ ފީތައް ދައްކަމުންދިޔައީ 22.72 އިންސައްތަ މީހުންކަމަށާއި، ނަމަވެސް މިހާރު އެ ނިސްބަތް 55.4 އިންސައްތައަށް އަރާފައިވާކަމަށެވެ. ރައީސް ޑރ.މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު ބިދޭސީންގެ ފަރާތުން ދައްކަންޖެހޭ ފީތައް ދެއްކުމުގައި ހޯމް މިނިސްޓްރީގެ ފަރާތުން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ބިދޭސީންގެ ފީތައް ނުދައްކާ ކުންފުނިތަކުގެ ވަނަވަރު ވަނީ އާއްމުކޮށްފައެވެ. މިގޮތުން އެފަދަ ފަރާތްތަކުގެ ނަންތައް އާއްމުކުރިއިރު، އޭގެ ފަހުން އެފަރާތްތަކުން ފައިސާ ދައްކަމުން ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފައިސާ ނުދައްކާ ތިބި ފަރާތްތަކަށް ފައިސާ ދެއްކުމުގައި ލުއި އިންތިޒާމްތަކެއް ވަނީ ހަމަޖައްސައިދީފައެވެ

މަޖީދު ވިދާޅުވީ ބިދޭސީންގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތައް ކާމިޔާބުކަމަށެވެ. ބިދޭސީންގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ވަނީ އޮޕަރޭޝަނެއް ފަށާފައެވެ. އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާތައް ނެގުމުގެ މަސައްކަތް ފަށާފައެވެ. މިގޮތުން މިހާތަނަށް 80،000 ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ ނަގާފައެވެ. މީގެ އިތުރުން ބިދޭސީންގެ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ފީތައް ނުދައްކާ ފަރާތްތަކަށް ޚިދުމަތްދިނުން މެދުކަނޑާލަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.