ހިޔާ ފުލެޓް: ފޮޓޯ/ ވޮއިސް
ހަބަރު
09 Apr 2025 | 15:46
ހިޔާ ހުރިހާ ފުލެޓެއްގައި ލިފްޓް ހަރުކޮށް ނޮވެމްބަރު މަހު ބޭނުންކުރަން ފެށޭނެ: އެޗްޑީސީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓު ޓަވަރުތަކުގައި އަލަށް ޤާއިމްކުރާ ހުރިހާ ލިފްޓެއްގެ މަސައްކަތް ނިންމައި، ނޮވެންބަރު މަހު ބޭނުންކުރަން ފެށޭނެކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ އެޕާޓުމަންޓު ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރާއިރު މިހާރު ފްލެޓެއްގައި ހުންނާނީ 3 ނުވަތަ 4 ލިފްޓެވެ. އެހެންކަމުން، ބާރު ބޮޑު ވަގުތުތަކުގައި އިމާރާތަށް އަރައި ފޭބުމުގައި ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހެއެވެ. 

އެ މައްސަލަ ހައްލު ކުރުމަށް، ކޮންމެ ހިޔާ ޓަވަރެއްގައި 2 ލިފްޓް ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ އިންތިޚާބުގެ ކެންޕެއިން ތެރެއިން ވަޢުދުވެވަޑައިވެންފައެވެ. 

އަދި ވެރިކަމަށް ވަޑައިގެން އެ މަސައްކަތް ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު، މިއަދު ވަނީ އެތަނުން 4 ފުލެޓެއްގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިންމާފައެވެ.  

ބާކީ ހުރި ޓަވަރު ތަކުގެ ލިފްޓް ހަރުކޮށް ނިމޭނެ ތާރީޚާއި ގުޅޭގޮތުން މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ އެސިސްޓެންޓް ޑިރެކްޓަރ ޙަސަން ޝަހީދު ވިދާޅުވީ ހިޔާގެ ފުރަތަމަ ދެ ޓަވަރުގައި ޤާއިމުކޮށްފައިވާ ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހު ބޭނުންކުރަން ފަށާނެކަމަށެވެ. އަދި ޓަވަރު 3 އަދި 4 ގައި ޤާއިމުކުރާ ލިފްޓުތައް އަންނަ މަސް ނިމުމުގެ ކުރިން ބޭނުންކުރަން ފެށޭނެކަމަށެވެ. 

މީގެ އިތުރުން އޭނާ ވިދާޅުވީ، މުޅި މަޝްރޫޢުގެ 58 އިންސައްތަ ނިމިފައިވާކަމަށާ، މަސައްކަތް ނިންމައި، ނޮވެންބަރު މަހުގެ ތެރޭގައި ހުރިހާ ލިފްޓެއް ބޭނުންކުރަން ފެށޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރަށް ހަރުކުރާ 32 ލިފްޓަށް 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) އަށްވުރެ ގިނައިން ޚަރަދުވާ ކަމަށް އެޗްޑީސީން ކުރީން ވަނީ ބުނެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.