ޢަބްދުﷲ ޝާހިދު... ފޮޓޯ: ވޮއިސް
ހަބަރު
09 Apr 2025 | 17:19
ފ.އަތޮޅުގެ ރައްޔިތުންނަށް އެއާޕޯޓެއްގެ ހިދުމަތް ލިބޭނޭގޮތް ހައްދަވައިދެއްވުމަށް ޝާހިދު ގޮވާލައްވައިފި

ފ.އަތޮޅުގެ ރައްޔިތުންނަށް އެއާޕޯޓެއްގެ ހިދުމަތް ލިބޭނޭގޮތް ހައްދަވައިދެއްވުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ފ.އަތޮޅު މަގޫދޫ އެއާޕޯޓްގެ މަސައްކަތަށް އެރަށަށް ގެންގޮސްފައިވާ ވެލްޑިން މެޝިނެއް ގެންދަން އުޅުމުގެ ތެރޭގައި ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުތް މައްސަލާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ތަރައްޤީ ކުރަން ފަށާފައިވާ ފ.މަގޫދޫ އެއާޕޯޓުގެ މަސައްކަތުގެ ބޮޑުބައި ނިމިފައި ވަނިކޮށް، އެ މަސައްކަތް ހުއްޓާލި ހުއްޓާލުން ކުށްވެރިކުރާ ކަމަށެވެ.

ޝާހިދު ވިދާޅުވީ، ސަރުކާރު ބަދަލުވުމުން ކުރީ ސަރުކާރުތަކުން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓްތަކަށް ބަދަލުގެނައުމާއި، ހުއްޓާލުމަކީ ދައުލަތަށް ނުހަނު ގެއްލުންވާކަމެއް ކަމަށެވެ. އަދި އެކަމަކީ ރައްޔިތުންގެ ފައިސާއިން ކުރާ އިސްރާފެއް. އަދި ޚިޔާނާތެއް ކަމަށެވެ.

މިގޮތުން ޝާހިދު ވަނީ މަގޫދޫ އާއި ފ.އަތޮޅުގެ ރައްޔިތުންނަށް އެއާޕޯޓުގެ ޚިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް ގޮވާލާފައެވެ.

މި މައްސަލާގައި މަގޫދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނެފައިވަނީ، މަގޫދޫއިން ގެންދަން އުޅުނީ އެއާޕޯޓް އެޅުމުގެ މަސައްކަތަށް ބޭނުންކުރާ ވެލްޑިން މެޝިނެއް ކަމަށާއި، އެ މެޝިން ގެންދަން އުޅުނީ މުލީ އެއާޕޯޓްގެ މަސައްކަތަށް މިވަގުތު އެ ބޭނުންވެގެން ކަމަށެވެ. އެގޮތުން އެ ވެލްޑިން މެޝިނަކީ މިވަގުތު މަގޫދޫ އެއާޕޯޓްގެ މަސައްކަތަށް ބޭނުންނުވާ މެޝިނެއްކަމަށް އެމްޓިސީސީން ވަނީ ބުނެފައެވެ.

ކޮމެންޓް
އިސްމާއިލް
ކުރީގަނޭގުނީދޯ
09 Apr 2025
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.