އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްޢާން ވަޙީދު: ފޮަޓޯ/ އިމިގްރޭޝަން
ހަބަރު
10 Apr 2025 | 10:36
ޝަމްއާން ބަންދުކުރި އަމުރުގެ އިސްތިއުނާފް މައްސަލަ ބަލަން ހައި ކޯޓު ފަނޑިޔާރުން ނިންމައިފި!

ކޮރަޕްޝަންގެ ތުހުމަތުކޮށް މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށް، އޭނާގެ ބަންދުކުރި މައްސަލައިގައި އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ބަލައިގަތުމަށް އެ ކޯޓުގެ ފަނޑިޔާރުން އިއްޔެ ނިންމަވައިފިއެވެ.

ބިދޭސީން އަތުން ނާޖައިޒު މަންފާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން ހައްޔަރު ކުރީގެ މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ޝަމްއާންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައިވެ އެވެ.

އެއާއެކު ޝަމްއާންގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓަށް ހުށައަޅާފަ އެވެ. އެގޮތުން ޝަމްއާންގެ މައްޗަށް ހިންގާ ތަހުގީގުގައި އޭސީސީގެ ދައުރެއް ނެތުމާއި އެ މައްސަލަ ފުލުހުންގެ މުއައްސަސާއިން އެކަނި ތަހުގީގު ކުރުމަކީ ޖިނާއީ އިޖުރާތާ ހިލާފު ކަމެއްކަން ފާހަގަކޮށް އެ މައްސަލަ ބަލައި ބަންދުގެ މުއްދަތު ރިވިއު ކޮށްދޭން އޭނާ ވަނީ އެދިފަ އެވެ.

ނަމަވެސް ދަށު ކޯޓްގެ ނިންމުމަށް ބަދަލު ގެނެސް ހައިކޯޓުން އެ މައްސަލާގައި އިތުރަށް ނިންމަން ޖެހޭ ނިންމުމެއް ނެތް ކަމަށް ނިންމާ ހައިކޯޓްގެ ރަޖިސްޓްރާ ވަނީ މައްސަލަ ރަޖިސްޓްރީ ނުކުރަން ނިންމާފަ އެވެ.

ރަޖިސްޓްރާގެ ނިންމެވުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ސަލީމެވެ.

އެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ރަޖިސްޓްރާގެ ނިންމުން ބާތިލުކުރައްވައި، މައްސަލަ ބަލަން ނިންމަވައިފައެވެ.

އެގޮތުން، މިހާރު ކުރިއަށްދާ މަރުހަލާގެ ބޭނުމަށް ހުށަހަޅައިފައިވާ ނުކުތާތަކުގައި ގާނޫނީ ބަހުސެއް އޮތް ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ ރަޖިސްޓްރާގެ ނިންމެވުން ރަނގަޅު ނޫން ކަމަށް ފަނޑިޔާރު ހުޒައިފާ ނިންމެވިއިރު، ފަނޑިޔާރު ފަރުހީޒާ އެ ރައުޔަށް ތާއިދުކުރެއްވިއެވެ.

އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ރަޖިސްޓްރާގެ ނިންމުން މުރާޖާ ކުރުމަށް އެދި ހުށަހެޅި ސަބަބުތަކުގެ މައްޗަށް ބަލާއިރު، އެ މަރުހަލާގެ ބޭނުމަށް، އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ފަދަ ގާނޫނީ ބަހުސެއް އޮތް ކަމަށް ދެކެވޭކަން ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ރެޖިސްޓްރާގެ ނިންމެވުން ބާތިލް ކުރައްވައި މައްސަލަ ބަލައިގަންނަން ވަނީ ނިންމަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް