މިއަދުގެ ޕޮޑްކާސްޓުގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
10 Apr 2025 | 13:53
ކްލާސްރޫމް ތަކުގެ އިތުރުން، ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރެވޭނެ: ރައީސް މުޢިއްޒު

މި ސަރުކާރުން ފަށާފައިވާ ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ސުކޫލް ތަކުގެ ހޯލްތައްވެސް އޭސީ ކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ. 

މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ. 

އެ ވަޢުދުފުޅާ އެއްގޮތަށް ކޫލް ސްކޫލް ޕްރޮޖެކްޓް އިފްތިތާޙް ކުރެވިގެންދިޔައީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ.

މި ޕްރޮޖެކްޓްގެ އާއި ގުޅިގެން، މިއަދުގެ ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރެއިން ރަށް ރަށަށް ޒިޔާރަތް ކުރެެއްވިއިރު ކިޔަވާ ކުދިންގެ އެދުނު އެންމެ ބޮޑު އެއް އެދުމަކީ ކްލާސް ރޫމްތައް ހޫނު މައްސަލަ ހައްލުކޮށްދިނުން ކަމަށެވެ. އަދި އެއީ ހަގީގަތުގައިވެސް ބޮޑު މައްސަލައެއް ކަމަށާ، ހޫނު ކަމުގައި ކިޔެވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. 

އެހެންކަމުން ހުރިހާ ކްލާސްރޫމެއް އޭސީ ކުރައްވަން ނިންމެވު ކަމަށާ، އަދި އޭސީ ކުރާއިރު އިއާދަކުރުވަނިވި ހަކަތައިން އެކަން ކުރެވޭ ގޮތަށް އެކަން ކުރިއަށް ގެންދަން ނިންމެވި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ގާތްގަނޑަކަށް 3604 ކްލާސްރޫމް ހުރި ކަމަށާ، އެ ހުރިހާ ކްލާސްރޫމެއް މި އަހަރުގެ ސެޕްޓެމްބަރ މަސް ނޫނީ، މިއަހަރު ނިމުމުގެ ކުރިން އޭސީ ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ. 

އޭގެ ތެރެއަށް އެބަ އިތުރުކޮށްލަން އެބަ ހޯލްތައްވެސް. އެއީ ކުރިން އަޅުގަނޑު ވަޢުދުވީ ކަމެއް ނޫން. ހޯލްތައްވެސް ވަރަށް މުހިންމު. ހޯލްތަކުގައި ކުދިންގެ އެކިއެކި އެކްޓިވިޓީސްތައް އެބަ ކުރިއަށް ގެންދޭ. ގިނަ ރަށްތަކުގައި އެއީ ހަމައެކަނި ސުކޫލްގެ ބޭނުމަށް ބޭނުން ކުރާ ތަނެއްވެސް ނޫން. ބައެއް ރަށް ރަށުގައި ނުހުރޭ އިންޑޯ ހަރަކާތްތައް ހިންގާނޭ ތަނެއްވެސް. ޖަލްސާއެއް ބާއްވާލާނެ ތަނެއްވެސް. ނޫނީ ބައްދަލުވުމެއް ބާއްވާލަންވެސް ހުންނަ ތަނަކީ މަލްޓިޕާޕަސް ހޯލް ގޮތަށް ހުންނަ ހޯލްތައް. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ، ސުކޫލްތަކުގެ ހޯލްތައް އޭސީ ކުރުމުގެ މަސައްކަތް މި އަހަރު ނިންމާ ނުލެވުނު ނަމަވެސް، ކްލާސްރޫމްތައް އޭސީ ކުރުމުގެ ކަންކަން ނިންމަވާލައްވާނެ ކަމަށެވެ.  

ކޫލް ސްކޫލް ޕްރޮޖެކްޓްގެ ފޭސް 2 ގައި ސްކޫލުގައި ސޯލަރ ޕެނަލް ހަރުކުރުމަށް ނިންމާފައިވާއިރު މީގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލަރ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ޚަރަދު ކުޑަވެގެންދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ. ެ

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.