ރައީސް މުޢިއްޒު އަތޮޅު ތެރެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން: ފޮޓޯ/ ވޮއިސް
ހަބަރު
10 Apr 2025 | 15:00
މި އަހަރު އޮގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ރައްޔިތުންގެ ގާތަށް ދާނަން: ރައީސް މުޢިއްޒު

ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ދައުރުގެ ތެރޭގައި ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާނެކަމަށް ވަނީ ވަޢުދުވެވަޑައިގެންފައެވެ.

އެކަމާއި ގުޅޭ ގޮތުން، ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީގެކުރިން މާލޭގެ މޭޔަރުގެ އިންތިޚާބު ކާމިޔާބު ކުރެއްވުމުގެ ކުރިން މާލޭގެ ރައްޔިތުންގެ ގެތަކަށް ޒިޔާރަތް ކުރައްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ކަމަށާއި އެވަޢުދު ފުއްދަވާފައިވާނެ ކަމަށެވެ.

ހަމައެގޮތަށް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންވެސް މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް ރައްޔިތުންގެ ގާތަށް ވަޑައިގަންނަވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާ، އެގޮތުން އޭގެ ފުރަތަމަ ބުރުގެ ދަތުރުތައް މިހާރު ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެ ދަތުރުފުޅު ރޯދައަށް މެދުކެނޑުމަކަށްފަހު އަންނަ މެއި މަހު އަލުން ފަށްޓަވާނެ ކަމަށްވެސް ވިދާޅުވިއެވެ. 

"ރޯދައަށް މެދުކަނޑާލީ. މިހާރުވެސް ވަރަށް ގިނަ ރަށްތަކަށް ދެވިއްޖެ. ދެން މި މަސްތެރޭގައި ދަތުރު ފަށަން އުޅުނު ނަމަވެސް އެކި ސަބަބުތަކާހުރެ އަދި ދަތުރުތައް ނުފެށޭ. އެކަމަކު އިރާދަކުރެއްވިއްޔާ މެއި މަސް ފެށޭ ތަނުން ދަތުރުތައް ފަށާނަން. ރާއްޖޭން ބޭރުގެ ދަތުރުތައްވެސް ހުންނާނެ. އެހެންވެ މިހާރު އަޅުގަނޑުގެ ޕްލޭނަކީ އޯގަސްޓް މަހުގެތެރޭ ކޮންމެވެސް ހިސާބެއްގައި ހުރިހާ ރަށަކަށް ގޮސް ނިންމޭތޯ،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރައީސް އިތުރަށް ވިދާޅުވީ އޯގަސްޓް މަހުގެ ނިޔަލަށް ދަތުރުތައް ނިންމަވާލެއްވުމަށް މިހާރު ތައްޔާރީތައް ނިމިފައިވާ ކަމަށެވެ.

އެގޮތުން ދެން އެންމެ އަވަހަށް ދަތުރު ފަށްޓަވާނީ މ. މުލިން ކަމަށާ އެދަތުރުފުޅުގެ ތެރެއިން އެ ރަށުގެ އެއަރޕޯޓް ހުޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.