ދަތުރުފުޅުގެ ތެރެއިން ޝާހިދު ސްލޮވޭކިއާގެ ބޮޑުވަޒީރު ރޮބަރޓް ފީކޯ އާއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން.. ފޮޓޯ: ޝާހިދު
ހަބަރު
10 Apr 2025 | 14:09
އދގެ ޢާއްމު މަޖިލީހުންގެ ރައީސުންގެ ކައުންސިލް ބައްދަލުވުމުގައި ޝާހިދު ބައިވެރިވެވަޑައިގެންފި

އދގ ޢާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ މިއަހަރުގެ ބައްދަލުވުމުގައި ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

މިއަހަރުގެ ޔޫ.އެން ކައުންސިލް އޮފް ދަ ޕްރެޒިޑެންޓްސް އޮފް ދަ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުން އޮތީ ސްލޮވާކިއާގެ ބްރަޓިސްލާވާ ގައެވެ. މިއަހަރުގެ ބައްދަލުވުމަކީ މިކައުންސިލްގެ އެންމެ ގިނަ މެމްބަރުން ބައިވެރިވި ޖަލްސާކަން ސްލޮވާކިއާގެ ޚާރިޖީ ވަޒީރު ޖުރާޖް ބްލަނަރ ފާހަގަކުރެއްވިއެވެ. އދގެ ޢާއްމު މަޖިލީހުގެ މިދައުރުގެ ރައީސް ކެމަރޫންގެ ފިލެމޯން ޔެންގްގެ އުތުރުން ކުރިން ރައީސްކަން ކުރެއްވި 16 ބޭފުޅުން މިއަހަރުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތެވެ. ޝާހިދަކީ އދގެ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ކުރެއްވި ބޭފުޅާއެވެ.

ޢާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ބައްދަލުވުމަށްފަހު ނެރުނު ޤަރާރުގައި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ އިންސާނިއްޔަތާއި ޚިލާފު އަމަލުތަކާއި ޤަތުލުއާއްމު ކުއްވެރިކޮށްފައިވެއެވެ. އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް އެކުލަވާލެވޭނެ 'ޓޫ ސްޓޭޓް ސޮލިއުޝަން' އަކަށް ދެވޭނެ ސުލްހައިގެ މަގެއް ހޯދުމަށް އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއަށް ލަފާ އަރުވާފައިވެއެވެ. ކައުންސިލުން ފަލަސްތީނުގެ މައްސަލައިގައި ގެންގުޅޭ ސިޔާސަތަކީ އަދި ވިސްނުމަކީ ސްލޮވާކިއާގެވެސް ވިސްނުންކަމަށް ސްލޮވާކިއާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އދގެ ސެކްރެޓަރީ ޖެނެރަލްގެ ދައުރު ހަމަވުމުން، ދެން އެމަޤާމަށް ބޭފުޅަކު އައްޔަންކުރުމުގައި، ސަލާމަތީ މަޖިލީހުން އާއްމު މަޖިލީހަށް އެއް ނަމަށްވުރެ ގިނަ ނަން ހުށަހެޅުމަކީވެސް ޢާއްމު މަޖިލީހުގެ ރައީސުންގެ ކައުންސިލްގެ ލަފައެކެވެ. އދގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރުމުގެ ޕްރޮސެސް މިހާރަށްވުރެ ހަރުދަނާކުރުމަކީ އާއްމު މަޖިލީހުގެ ރިޔާސަތުގައި ޝާހިދު ހުންނެވިރުވެސް ވަކާލާތުކުރެއްވި ކަމެކެވެ. އަދި އދގެ ޢާއްމު މަޖިލީހުގެ ދެން އަންނަ ދައުރެއްގެ ރިޔާސަތަށް އަންހެން ބޭފުޅަކު ގެންނަވަންވެސް ބާރުއެޅުއްވިއެވެ.

ސްލޮވާކިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޝާހިދު ވަނީ އެގައުމުގެ ބޮޑުވަޒީރު ރޮބަރޓް ފީކޯ އާއި ބްރަޓިސްލާވާގައި އިއްޔެ ބައްދަލުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.