އެމްޑަބްލިއުއެސްސީ ޕްރޮމޯޝަނުގެ އުމްރާ ދަތުރުތައް ލިބޭ މީހުންނަށް ލިޔުން ހަވާލުކުރުން.. ފޮޓޯ: އެމްޑަބްލިއުއެސްސީ
ހަބަރު
10 Apr 2025 | 20:42
އެމްޑަބްލިއުއެސްސީ ޕްރޮމޯޝަނުގެ އުމްރާ ދަތުރުތައް ލިބޭ މީހުންނަށް ލިޔުން ހަވާލުކޮށްފި

ޤައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީން ރޯދަމަހު ކުރިއަށްގެންދިޔަ އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށް ފެންބިލް ދައްކާ ޑޮމަސްޓިކް ކަސްޓަމަރުންނަށް އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަނުގެ ނަސީބުވެރި ފަރާތްތަކަށް އެކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން މި ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނީ އެކުންފުންޏަށް 30 އަހަރު ފުރުމާއި ގުޅުވައިގެން "އެކުވެރި ރޯދަ30" ނަމުގައެވެ. ޕްރޮމޯޝަނުގެ ނަސީބުވެރިންގެ ގޮތުގައި ހޮވިފައިވަނީ، ދަފްތަު ނަމްބަރު 1672 ޝަމްރޫޒް އިބްރާހިމާއި، ތ.ތިމަރަފުށީ އުދަރެސް މުހައްމަދު ސަރާހް އާއި ގ.ރަންދެލިގެ އަލީ ނާޒިމެވެ.

އެމްޑަބްލިއުއެސްސީގައި ބޭއްވި ހަފްލާއެއްގައިވަނީ އުމްރާ ދަތުރުތައް ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކޮށްފައެވެ. ލިޔުން ހަވާލުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާޕާސަން ޝަމްހޫޒާ އަހްމަދާއި، ބޮދް މެމްބަރުންނެވެ.

ފެން ކުންފުނިން ބުނީ އެފަރާތްތަކަށް އުމްރާ ދަތުރުތައް ހަމަޖައްސައިދޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ކަމަށެވެ. ޕްރޮމޯޝަން ކުރިއަށްގެންދިޔައީ 1 މާރޗުން ފެށިގެން 31 މާޗްގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގެ މަޤްސަދަކީ ރަމަޟާންމަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސްކޮށްދިނުމާއެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއު އެސްސީގެ އެޕަށް އަހުލުވެރިކުރުވުމެވެ. އަދި ބިލް ދެއްކުމަށް ކައުންޓަރުޓަރުތަކަށް އައުމުގެ ބަދަލުގައި އެޕް ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއަޅައި، ކައުންޓަރަށް އައުމުގެ ބަދަލުގައި އެޕުން ބިލްތައް ދައްކައި ވަގުތު ސަލާމަތްކުރުމެވެ. މީގެ އިތުރުން އެމްޑަބްލިއުއެސްސީގެ ހިދުމަތްތައް ޑިޖިޓަލްކޮށް ފަސޭހަކޮށް ޒަމާނީ ކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމެވެ.

އެމްޑަބްލިއުއެސްސީން ބުނީ ބޭނުންނަމަ އުމްރާ ދަތުރު އެހެން މީހަކަށް ހަދިޔާކުރެވިދާނެ ކަމަށާއި، ނަމަވެސް އުމްރާ ދަތުރު ފައިސާއަށް ބަދަލު ނުކުރެވޭނޭ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.