ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު، އަދި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
ހަބަރު
10 Apr 2025 | 19:35
ޕީއެންސީގައި 68،968 މެންބަރުން، އެމްޑީޕީން 10،000 މެންބަރުން ވަކިވެއްޖެ

އެންމެ މެންބަރުންގެ ގިނަ ސިޔާސީ ޕާޓީއަކަށް ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ސިޔާސީ ޕާޓީތަކުގައި މެންބަރުން ތިބި އަދަދުގެ އެންމެ ފަހުގެ މައުލޫމާތާއި އެ ޕާޓީތަކަށް ދައުލަތުން މި އަހަރު ދޫކުރާ ފައިސާގެ އަދަދު ކަނޑައަޅާ އާންމުކޮށްފަ އެވެ.

އެންމެ މެންބަރުން ގިނައީ ޕީއެންސީގަ އެވެ. އެ ޕާޓީގައި 68,000 ވުރެ ގިނަ މެންބަރުން އެބަ ތިއްބެވެ. ދެން އެންމެ މެންބަރުން ގިނައީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގަ އެވެ. އެ ޕާޓީގައި ތިބީ 43,000 މެންބަރުންނެވެ. މިއީ ކުރީގެ އަދަދާއި ބަލާއިރު ބޮޑު ތަނުން މަދު އަދަދެކެވެ. ކުރީން އެ ޕާޓީގައި 53,000 ވުރެ ގިނަ މެންބަރުން ތިއްބެވެ.

* ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - 68,968 މެންބަރުން

* ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ - 43,755 މެންބަރުން

* ޖުމްހޫރީ ޕާޓީ - 13,826 މެންބަރުން

* އަދާލަތު ޕާޓީ - 9,049 މެންބަރުން

* މޯލްޑިވްސް ޑިވެލޮޕްމަންޓޔް އެލަޔަންސް - 9,210 މެންބަރުން

* މޯލްޑިވްސް ނެޝަނަލް ޕާޓީ - 6,050 މެންބަރުން

* ދަ ޑިމޮކްރެޓްސް - 3,667 މެންބަރުން

* މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް - 2,350 މެންބަރުން

* ޕީޕަލްސް ނެޝަނަލް ފްރަންޓް - 2,822 މެންބަރުން

ޕީއެންސީ އަކީ ކުރީން 3,000 މެންބަރުންގެ ދަފްތަރެއް އޮތް ޕާޓީ އެކެވެ. ނަމަވެސް އެ ޕާޓީ އަކީ ރާއްޖޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަށް ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނަކީ އެ ޕާޓީގެ ރައީސެވެ. 

އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މެންބަރުން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ މި ޕާޓީތަކުގެ ތެރެއިންް 10,000 ވުރެ ގިނަ މެންބަރުން ހިމެނޭ ޕާާޓީތަކަށް ދައުލަތުން މި އަހަރު ފައިސާ ދޫކުރުމަށް ހަމަޖެހިފައިވާ އަދަދުގެ ތަފްސީލު ވެސް ހާމަކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.