ވީއައިއޭގެ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުން: ފޮޓޯ/ އެމްއޭސީއެލް
ހަބަރު
11 Apr 2025 | 09:54
ވީއައިއޭގެ ޓެކްސީވޭ ޗާރލީ އަލުން ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި މިހާރު ބޭނުންކުރަމުންދާ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ ބެއިޖިންގް އަރބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީ.ޔޫ.ސީ.ޖީ)އެވެ. 3200 މީޓަރުގެ މި ޓެކްސީވޭ ނިމުމުން މިހާރަށްވުރެ ރަނގަޅަށް މަތިންދާބޯޓާއި ފަސިންޖަރުންނަށް ޚިދުމަތްދެވޭނެއެވެ. އެގޮތުން ފްލައިޓް ޓަރން އަރައުންޑް ވަގުތު މަދުކޮށް އޮޕަރޭޝަންސް ހަލުވި ވެގެންދާނެއެވެ.

ވީއައިއޭގެ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުން: ފޮޓޯ/ އެމްއޭސީއެލް

މި މަސައްކަތް ފެށުމަށް އިއްޔެ ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ޗައިނާ އެމްބަސީގެ ފަރާތުން ޗާރޖް ޑެފެއާޒް ހެ ފެން، އެމް.އޭ.ސީ.އެލް ގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު، ބީ.ޔޫ.ސީ.ޖީ ގެ ޗެއާރމަން ލީވެއިޑޮންގ އަދި އެމް.އޭ.ސީ.އެލް ގެ ގިނަ އަދަދެއްގެ ސްޓޭކްހޯލްޑަރުން ބައިވެރިވަޑައިގެންނެވިއެވެ.

ވީއައިއޭގެ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުން: ފޮޓޯ/ އެމްއޭސީއެލް

މި ރަސްމިއްޔާތުގައި ވާހަކަދައްވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވަނީ ސަރުކާރުން އެއަރޕޯރޓް ތަރައްޤީ ކުރުމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބީ.ޔޫ.ސީ.ޖީއާއި އެމް.އޭ.ސީ.އެލް އެކުގައި ވެލާނާ އިންޓަރނޭޝަނަލްއެއަރޕޯރޓް ތަރައްޤީކުރުމުގެ އެކި މަޝްރޫޢުތައް ހިންގަމުންދާތާ10 އަހަރުވެފައިވާކަން ފާހަގަ ކުރައްވާ، އެކުންފުނީގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާ ކުރެއްވިއެވެ.

ބީ.ޔޫ.ސީ.ޖީންވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގާފައިވާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޯޑް-އެފް ރަންވޭ، ނޫވިލު ސީޕްލޭން ޓަރމިނަލް، ވީ.އައި.ޕީ / ސީ.އައި.ޕީ ޓަރމިނަލް، ކަރގޯ ޓަރމިނަލް އަދި ފިއުލް ފަރމް ހިމެނެއެވެ. މިއަދު އަމަލީ މަސައްކަތް ފެށިޓެކްސީވޭ-ޗާރލީ އަކީ ކުރީގެ ރަންވޭ އަދި މިހާރު ޓެކްސީވޭ ގެ ގޮތުގައި ބޭނުންކުރާތަނެވެ.

މި ޓެކްސީވޭއަކީ ސުނާމީގައި ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ތަނެއްކަން ފާހަގަ ކުރައްވަމުން ޝަރީފްވިދާޅުވީ މަތިމަތިން މަރާމާތު ކުރެވެމުންދިޔަސް، މި ޓެކްސީވޭ އަލުން ބިނާކުރުމުގެ ބޭނުން އޮތީ ބޮޑުވެފައި ކަމަށެވެ. އަދި އަލުން ބިނާކުރެވޭ ޓެކްސީވޭއަކީ އެމަރޖެންސީ ރަންވޭއެއްގެ ގޮތުގައިވެސް ބޭނުންކުރެވޭ ތަނެއްކަން ފާހަގަ ކުރެއްވިއެވެ. 

ވީއައިއޭގެ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުން: ފޮޓޯ/ އެމްއޭސީއެލް

މިރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ބީ.ޔޫ.ސީ.ޖީ ގެ ޗެއާރމަން ލީ ވެއިޑޮންގ ވިދާޅުވީ އެމް.އޭ.ސީ.އެލްއާއި އެކުގައި މަސައްކަތް ކުރެވުނު ދިހަ އަހަރުތެރޭ ދެ ކުންފުނީގެ ގުޅުމަކީ ހަމައެކަނި ކޮންޓްރެކްޓަރަކާއި ކްލަޔަންޓަކަށްވުރެ، އިތުބާރުބޮޑު ޕާޓްނަރޝިޕަކަށް ވެފައިވާ ކަމަށެވެ. އަދި ބީ.ޔޫ.ސީ.ޖީ ގެ ކޮންމެ ޕްރޮޖެކްޓެއްވެސް ނިންމާފައިވާނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށާއި، މި ޕްރޮޖެކްޓަށްވެސް އެ ކުންފުނީގެ އެންމެ ތަޖުރިބާކާރު އިންޖިނިއަރުންގެ ޓީމެއް ނަގާފައިވާނެ ކަމަށް ވިދާޅުވިއެވެ. 

ވީއައިއޭގެ ޓެކްސީވޭ-ޗަރލީ އަލުން ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުން: ފޮޓޯ/ އެމްއޭސީއެލް

ޓެކްސީވޭ ޗަރލީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބިނާކުރެވުނު އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭ 1981 ވަނައަހަރު ވައިޑް ބޮޑީ އެއަރކްރާފްޓް ޖެއްސޭ ވަރަށް ވަނީ ތަރައްޤީ ކުރެވިފައެވެ. އެއަށްފަހު ރަންވޭ ދިގުކޮށް، އެތައް ފަހަރެއްގެ މަތިން މަރާމާތު ކުރެވިފައިވެއެވެ. އަދި ވަކިން ޚާއްސަކޮށް 2004 ގެ ސުނާމީއަށްފަހު ރަންވޭއަށް ވަރަށް ބޮޑަށް ގެއްލުންވެ އަބަދު މަރާމާތު ކުރަންޖެހޭ ޙާލަތަށް ގޮސްފައިވެއެވެ.

އެތައް ދުވަހެއްގެ ޚިދުމަތަށްފަހު އަލުން ބިނާކުރެވިގެން މި ދަނީ ދިވެހި ޤައުމުގެ ތަރައްޤީގެ ވަރަށް ގިނަ ސަފްހާތައް ދެކެފައިވާ މުހިއްމު ބިނާއެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް