ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން: ފޮޓޯ/ ދަތުރުފަތުރާ ބެހޭ ވުޒާރާ
ހަބަރު
11 Apr 2025 | 10:28
ރަޖިސްޓްރީ ނުކުރާ އެއްވެސް އުޅަނދެއް މިހާރު މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ނުހުންނާނެ: އަމީން

ރަޖިސްޓްރީ ނުކުރާ އެއްވެސް އުޅަނދެއް މިހާރު މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ދައުލަތުގެ މީޑިއާއިން ގެނެސްދިން "ރާއްޖެ މިއަދު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، މަގާމާއި ހަވާލުވެޑައިގެންނެވި އިރު، މާލޭ މަގުތަކުގަޔާއި، ބަސް ދުއްވާ ރޫޓް ތަކުގައި، ހޮސްޕިޓަލް ތަކާއި ސުކޫލްތަކުގެ ކުރިމަތީގައި، އެއްވެސް ބެލުމެއްނެތި އުޅަނދުތައް ޕާކު ކުރުމުގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. 

އެކަމަކު މިހާރު ބަސް ދުއްވާ ރޫޓް ތަކުގައި، އަދި ހުޅުމާލޭގެ އިންޑަސްޓްރިއަލް އޭރިއާ ތަކުގައިވެސް، ހުޅުމާލޭ މަގުތަކުގައިވެސް އެގޮތަށް ބޭނުން ނުކުރާ، ރެޖިސްޓްރީ ނުކޮށް ހުރި، ނޫނިއްޔާމު، ވަގު ރެޖިސްޓްރީ އަޅުވައިގެން، ގެންގުޅޭ  ވެހިކަލްތަކެއް ނުހުންނާނެ.

ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން

ވަޒީރު ވިދާޅުވީ، ބޭނުން ނުކޮށް ހުންނަ އުޅަނދުތަކުގެ މައްސަލަ މިހާރު ވަރަށް ބޮޑަށް ހައްލު ކުރެވިފައިވާ ކަމަށާ، އެ މައްސަލަ ހައްލު ކުރުމަށް، އެފަދަ އުޅަނދުތައް ޕާކުކޮށްފައި ބަހައްޓާނެ ތަންތަން ސަރުކާރުން ދައްކާފައިވާނެ ކަމަށެވެ. އެގޮތުން 1000 އަށްވުރެ ގިނަ އުޅަނދު ޕާކުކުރާނެ ޖާގަ ވަގުތީ ގޮތުން ހަދައި ދައްކާަފައިވާނެ ކަމަށާ، އެތަން ތަނަށް ނުގެންދާ ވެހިކަލްތައް ނަގައި ޓޯވ ކުރެވުނީ ނަގާނެ މުއްދަތުވެސް ދިނުމަށް ފަހުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކަން މިހެން ހުރި ނަމަވެސް، އަދިވެސް ރައްޔިތުން ބޭނުންވާ މިންވަރަށް މަގުތަކަށް ލުއި ނުލިބޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ލުއި ނުލިބެނީ އެ މައްސަލަ ގޯސްވެފައި އޮތް މިންވަރު ބޮޑުކަމުން ކަމަށެވެ.

މިއީ އެތައް ޒަމާނުއްސުރެ، ގާނޫނާ ޤަވައިދާ ޚިލާފަށް ތަންތާ ވެހިކަލް ރެޖިސްޓަރ ކުރުމާއި، އަދި ކޮންޓްރޯލެއްނެތި ވެހިކަލްތައް އިތުރު ކުރުމާއި، މި މައްސަލަތައް ދެމިގެން ގޮއްސަ އޮތް ވަރުން ހިނގާފައި އޮތް ކަމެއް

ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން

އެ މައްސަލަތައް ހައްލު ކުރުމަށް މިހާރު ގަވާއިދެއް އެކުލަވާލެވިފައިވާ ކަމަށާ، އެ ޤަވައިދު ދެތިން ދުވަހުގެ ތެރޭގައި ގެޒެޓް ކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ޤަވައިދާއެކު، ދެން އެތެރެކުރެވޭ ވެހިކަލްތައް އެތެރެ ކުރެވޭނީވެސް ރެޖިސްޓަރ ކުރާނެ ގަރާޖެއް އޮވެގެން ކަމަށާ، ނުވަތަ ވިޔަފާރި އުސޫލުންވެސް އެކަން ކުރާ ފަރާތްތަކަށް ވެސް އެ އުޅަނދު ބަހައްޓާނެ ތަނެއްނެތި އުޅަނދު އެތެރެ ނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.