މޯލްޑިވިއަންގެ މަތިންދާ ބޯޓެއް
ހަބަރު
11 Apr 2025 | 11:08
ޤައުމީ އެއާލައިން މޯލްޑިވިއަނުން މެލޭޝިއާ އާ ދެމެދު ހާއްޞަ ދަތުުރުތަކެއް

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ޚާއްޞަ ދަތުރުތަކެއް ކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

މެލޭޝިއާ އާއި ރާއްޖެއާ ދެމެދު 3 ދަތުރު ކުރުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން މައުލޫމާތު ދެއެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27، 29 އަދި 30ވަނަ ދުވަހުއެވެ.

މެލޭޝިއާއަށް 3 ދުވަހު ދަތުރު ކުރުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުތަކަށް ބޭނުންކުރަމުންދާނީ މޯލްޑިވިއަންގެ ނެރޯބޮޑީ އެއަރބަސް އޭ320 އާއި ވައިޑްބޮޑީ އެއަރބަސް އޭ330 ކަމަށް އެ އެއާލައިނުން ބުނެއެވެ.

މި ދަތުރުތަކާ ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ، މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއި ދެމެދު ޚާއްޞަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވާކަމަށާއި. އަދި މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ.

މިހާރު މި ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާފައިވާ ކަން ފާހަަގަކުރައްވާ މޯލްޑިވިއަނުން ބުނީ އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.

މެލޭޝިއާއަކީ ދިވެހިންެ މެދުގައި މަޤްބޫލު ޤައުމެކެވެ. މެލޭޝިއާަގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެއެވެ. މެލޭޝިއާގެ ފަތުރުވެރިންވެސް ރާއްޖެއަށް އަންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެއަށް މެލޭޝިއާއިން 19000އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މޯލްޑިވިއަންގެ ޚިދުމަތް ފުޅާކުރުމަށް ވައިޑް-ބޮޑީ މަތިންދާ ބޯޓު ގެނެސްފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މިހާރު މޯލްޑިވިއަނުން ވަނީ ޗައިނާގެ 3 ސިޓީއަށް ދަތުރުތައް ފަށާފައެވެ. އެއީ ޗެންޑީ، ބެއިޖިންގ އަދި ޝަންހާއީއެވެ.

މި ދަތުރުތަކަށް ފަތުރުވެރިންގެ މެދުގައި ބޮޑު ތަރުހީބެއް އޮތްކަމަށް އެ ކުންފުނިން ބުނެއެެވެ. އަދި ވައިޑް-ބޮޑީ މަތިންދާ ބޯޓުގެ ދަތުރުތައް ފުޅާކޮށް، ތައިލެންޑާއި ޔޫރަޕަށްވެސް ދަތުރުތައް ފެށުމަށް މޯލްޑިވިއަނުން ދަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.