ވަޒީރުންގެ އަހާ ފޯރަމް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Apr 2025 | 12:42
ވަޒީރުންގެ އަހާ ފޯރަމް މިމަހު 24 ގައި ބާއްވަނީ

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ ފަހުގެ މަޢުލޫމާތު ހާމަކުރުމަށް ވަޒީރުންނާއިއެކު ކުރިއަށްގެންދާ "އަހާ ފޯރަމް" މިމަހުގެ 24ވާ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އެރޭ 9:00 ގައެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގުޅިގެން ބާއްވާ މިރޭގެ ފޯރަމްގައިވެސް ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެގޮތުން ބައިވެރިވެވަޑައިގަންނަވާނީ؛

1) ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު: ޢަލީ ޢިޙްސާން

2) އެޓާނީ ޖެނެރަލް: އަޙްމަދު އުޝާމް

3) މިނިސްޓަރ އޮފް އެޑިޔުކޭޝަން: ޑރ. އިސްމާޢީލް ޝަފީޢު

4) މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖު ކަލްޗަރ އެންޑް ހެރިޓޭޖް: އާދަމް ނަސީރު އިބްރާހީމް

5) މިނިސްޓަރ އޮފް އެޖްރިކަލްޗަރ: ޑރ. މަރިޔަމް މާރިޔާ

މި ފޯރަމްގައި ބައިވެރިވެ ސުވާލު ކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު ފޯނުން ގުޅައިގެންނާއި ސޯޝަލް މީޑިއާ މެދުވެރިކޮށް އަދި އެސްއެމްއެސް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާ ކަމަށް ޕީއެސްއެމްއިން ބުނެއެވެ.

އެގޮތުން އެސްއެމްއެސް މެދުވެރިކޮށް ސުވާލުކުރަން ބޭނުންނަމަ AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރުމަށްފަހު ކުރަން ބޭނުންވާ ސުވާލު ލިޔުމަށްފަހު 300 އަށް ފޮނުވަން އެދިފައިވެއެވެ. 

އަހާ ފޯރަމަކީ ކޮންމެ ދެ މަހުން އެއްމަހު ވުޒާރާތަކުގެ ވަޒީރުން ހިމެނޭހެން ކުރިއަށްގެންދާ ފޯރަމެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.