މާލޭ މަގުމަތި: ފޮޓޯ/ ވޮއިސް
ހަބަރު
11 Apr 2025 | 14:41
ރާއްޖެއަށް އުޅަނދެއް އެތެރެކުރުމުގެ ކުރީން ޚާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތް ހަދަނީ!

ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އުޅަނދެއް އެތެރެ ކުރާ ނަމަ ޚާއްސަ ހުއްދައެއް ނަގައި، އެ އުޅަނދު ތަނެއްގައި ރެޖިސްޓަރ ކުރަންޖެހޭނެ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ވަޒީރު އަމީން ވިދާޅުވީ، މަގުތަކުގައި ތޮއްޖެހި، އުޅަނދު ދުއްވުމަށް ދަތިވާ މައްސަލަ ހައްލު ކުރުމަށް ގަވާއިދާ ޚިލާފަށް މަގުތަކުގައި ރައްޔިތުން ބޭނުންވާ މިންވަރަށް މަގުތަކަށް ލުއި ނުލިބޭކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ލުއި ނުލިބެނީ އެ މައްސަލަ ގޯސްވެފައި އޮތް މިންވަރު ބޮޑުކަމުން ކަމަށެވެ.

މިއީ އެތައް ޒަމާނުއްސުރެ، ގާނޫނާ ޤަވައިދާ ޚިލާފަށް ތަންތާ ވެހިކަލް ރެޖިސްޓަރ ކުރުމާއި، އަދި ކޮންޓްރޯލެއްނެތި ވެހިކަލްތައް އިތުރު ކުރުމާއި، މި މައްސަލަތައް ދެމިގެން ގޮއްސަ އޮތް ވަރުން ހިނގާފައި އޮތް ކަމެއް

ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން

އެ މައްސަލަތައް ހައްލު ކުރުމަށް މިހާރު ގަވާއިދެއް އެކުލަވާލެވިފައިވާ ކަމަށާ، އެ ޤަވައިދު ދެތިން ދުވަހުގެ ތެރޭގައި ގެޒެޓް ކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެ ޤަވައިދާއެކު، ދެން އެތެރެކުރެވޭ ވެހިކަލްތައް އެތެރެ ކުރެވޭނީވެސް ރެޖިސްޓަރ ކުރާނެ ގަރާޖެއް އޮވެގެން ކަމަށާ، ނުވަތަ ވިޔަފާރި އުސޫލުންވެސް އެކަން ކުރާ ފަރާތްތަކަށް ވެސް އެ އުޅަނދު ބަހައްޓާނެ ތަނެއްނެތި އުޅަނދު އެތެރެ ނުކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެތިން ދުވަހު މި ގަވާއިދު ގެޒެޓް ކުރެވިގެންދާނެ. 90 ދުވަސް ދިނުމަށްފަހު، ދެން ވެހިކަލް އެއް ރާއްޖެ އެތެރެކުރާ ކަމަށް ވަންޏާ ހުއްދަ ނަގައިގެން، ހުއްދައޭ މި ދެންނެވީ، އަމިއްލަ ބޭނުމަށް ނޫނީ، އެހެން ބޭނުމަކަށްވެސް ގެންނަ ކަމަށް ވަންޏާ، އެ ވެހިކަލް ރެޖިސްޓަރ ކުރާނެ ތަނެއް އޮންނަންޖެހޭނެ. އެ ހުއްދަ އޮންނަން ވާނެ. ނޫނީ ވިޔަފާރި އުސޫލުން އެކަން ކުރާ ކަމަށް ވަންޏާ، އެ ގެނެސް ސްޓޯ ކުރާނެ ތަނެއް އޮންނަން ވާނެ. އެތަން ރެޖިސްޓްރީ ކޮށްފައި އެތަން އޮންނަންވާނެ. 

ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީން

ވަޒީރު ވިދާޅުވީ، ވެހިކަލްގެ ސަބަބުން އެހެން މީހުންނަށްވާ އުނދަގުލުން ސަލާމަތް ކުރެވޭނީ ވެހިކަލް ތަނަކަށް ރެޖިސްޓަރ ކޮށް، ވެހިކަލް ޕާކު ކުރާނެ ތަނެއް ކަނޑައެޅިފައި އޮވެގެން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ
08 Aug 2026
ބޯޑަރުގެ މައްސަލަތަކާ ބެހޭގޮތުން އިންޑިޔާ އާއި ޗައިނާއިން އިތުރު މަޝްވަރާތަކެއް
މި ބައްދަލުވުމުގައި ދެ ގައުމުން ވަނީ ސަރަހައްދީ ރޮނުގުގެ ހާލަތާ ބެހޭގޮތުން މަޝްވަރާކޮށް، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ބޯޑަރު ސަރަހައްދީ ހަމަޖެހުމާއި އަމާންކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކޮށްފައެވެ.